ކުޅިވަރު

އަތޮޅު ކައުންސިލްގެ ވޮލީމުބާރާތާއި ބެހޭގޮތުން މަޝްވަރާކޮށްފި

2 އަހަރު ކުރިން ޚާލިދު ސުލައިމާނުޚާލިދު ސުލައިމާނު
358480723 587198136932351 6193528351715521927 n
Liyuntherikan
ID Card
އިޝްތިހާރު

ފ. އަތޮޅު ކައުންސިލުން ފ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ދަރަނބޫދޫ ކައުންސިލުން ބާއްވައިފިއެވެ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ކުރިމަތީގައި ބޭއްވުނު މި ބައްދަލުވުމުގައި ދެޖިންސުގެ ޒުވާނުންވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ދަރަނބޫދޫއިން އަންހެން އަދި ފިރިހެން ވޮލީ ޓީމެއް ބައިވެރިކުރުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގެ އިތުރު ތަފްޞީލެއް ހޯދާލުމަށް ދަނިއުސްއިން ގުޅާލުމުން ރަށުގެ ޖަމްޢިއްޔާއެއްގެ ނަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާނަމަ، އެކަމަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، މިވަގުތާއި ހަމައަށް އެއްވެސް ފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާކަމަށް ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ޙަމީދު އާދަމް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގައެވެ. ކޮންމެ ރަށުކައުންސިލަކުން އަންހެން އަދި ފިރިހެން ޓީމެއް ބައިވެރިކުރެވޭ ގޮތަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 10 ވަނަ ދުވަސްކަމުގައި އަތޮޅު ކައުންސިލުން އިއުލާނު ކޮށްފައިވެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ކަނޑައަޅާފައިވަނީ 20،000 ރުފިޔާގެ ފައިސާގެ އިނާމެވެ. އަދި ރަނައަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)