ކުޅިވަރު

ނައިބޮލި ވޮލީބޯޅަ ޗެލެންޖްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފިރާޝާ ހޮވިއްޖެ

9 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
FB IMG
ID Card
Liyuntherikan
އިޝްތިހާރު

ފާދިއްޕޮޅު ނައިފަރު ކައުންސިލްއިން އިންތިޒާމުކޮށްގެން ބޭއްވި ”ނައިބޮލި ވޮލީބޯޅަ ޗެލެންޖް 2026“ ގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާ (ބެސްޓް ޕްލޭޔަރ އޮފް ދަ ޓޯނަމެންޓް) ގެ މަގާމު ނައިފަރު ޗެލްސީ ސްޕޯޓްސް ކްލަބްގެ ޖާރޒީ ނަންބަރު 19، ފިރާޝާ އާދަމް ހޯދައިފިއެވެ.

ފ. ދަރަނބޫދޫ، ވިކްޓްރީ ހައުސްއަށް ނިސްބަތްވާ ފިރާޝާ ވަނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ނައިފަރު ޗެލްސީ އާއި ޖީޖީ ސްޕޯޓްސް އެކަޑަމީ ބައްދަލުކުރިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނައިފަރު ޗެލްސީންނެވެ. މުބާރާތުގެ އެކި މެޗުތަކުގައި ފިރާޝާ ވަނީ ”ކުއީން އޮފް ދަ މެޗް“ ނުވަތަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މި މުބާރާތް ކުރިއަށް ގެންދިއުމުގައި މައިގަނޑު ސްޕޮންސަރުންނާއި އެހީތެރިންގެ ގޮތުގައި އެފްއެޗް ފައުންޑޭޝަން، ކީލާން، ރީތި ފޮޓޯ، މާކީ އެމްވީ، ޕީކް ޕާފޯމަންސް، އެލްޔޫފިކްސް، މަރުޒޯ، އޯކޭއެމްއައި ސާވިސް ސެންޓަރު އަދި ނަޒާހެލްތު ފިޓްނަސް ކްލަބް ހިމެނެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ