ޚަބަރު

ނޭނގި ޕާޓީއަށް ވެއްދުން ’އީ-ފާސް‘ އިން ޙައްލުކޮށްފި؛ ޕީއެންއެފްގެ ތުހުމަތުތައް އީސީން ކުށްވެރިކޮށްފި!

15 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
01 4a112a7fdc357714a739
Liyuntherikan
ID Card
އިޝްތިހާރު

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ ކުރިމަތިވަމުންދިޔަ، މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި ވަކިކުރުމުގެ މައްސަލައަށް ’އީ-ފާސް‘ (eFaas) ނިޒާމާއެކު ދާއިމީ ހައްލެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ’އީ-ފާސް‘ ތަޢާރަފްކުރެވުމާއެކު، މިއީ އާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

މެންބަރޝިޕް ނިޒާމު ހިންގާ ގޮތް:

* އަމިއްލަ އިޚްތިޔާރު: ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ވަކިވުމުގެ ފުރުޞަތު ފުރިހަމައަށް އޮވެއެވެ.

* ފަރުދީ މިނިވަންކަން: ޕާޓީއަކަށް ވަނުމާއި ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދު ހިނގާ، އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތް މުޢާމަލާތެކެވެ.

* ނޭނގި ބަދަލެއް ނުކުރެވޭނެ: މިފަދަ ރައްކާތެރި ނިޒާމެއް އޮތުމުން، އެއްވެސް މީހަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޕީއެންއެފްގެ ތުހުމަތުތަކަށް ރައްދުދިނުން:

އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި، ހަޤީޤަތް އޮޅޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އެ ކޮމިޝަނުން ބުނީ މިފަދަ ވާހަކަތަކަކީ އާންމުންގެ މެދުގައި ކޮމިޝަނަށާއި މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

އެހެންކަމުން، ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށް ނަޞޭޙަތްތެރިވެފައެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ