ޚަބަރު

ށ. މިލަންދޫ ކަރަންޓަށް 26 އަހަރު: 1200 ކިލޯވޮޓްގެ ”މެގާ“ ޖެނެރޭޓަރާއެކު ޚިދުމަތަށް ބޮޑު އިންގިލާބެއް!

15 ގަޑިއިރު ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
Dhanes Image4
ID Card
Liyuntherikan
އިޝްތިހާރު

މިލަންދޫގައި ރަސްމީކޮށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ މިއަދަށް (16 ސެޕްޓެމްބަރު 2026) 26 އަހަރު ފުރުނު ޚާއްޞަ މުނާސަބަތާ ދިމާކޮށް، ރަށުގެ ކަރަންޓުގެ ޚިދުމަތް އާ ހަރުފަތަކަށް ގެންގޮސް، ނެޓްވޯކް އިތުރަށް ވަރުގަދަކުރުމަށްޓަކައި 1200 ކިލޯވޮޓް (1.2 މެގަވޮޓް) ގެ އާ ޖެނެރޭޓަރެއް ވަނީ އިންޖީނުގެއަށް އިތުރުކޮށްފައެވެ.

މިއީ ރަށުގެ އާބާދީ ބޮޑުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ގެނައި ބޮޑު ބަދަލެކެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

މިލަންދޫގެ ކަރަންޓުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ މި ޚިދުމަތް ފެށީ 16 ސެޕްޓެމްބަރު 2000 ގައެވެ. އެ ދުވަހު ބޭނުންކުރީ 40 ކިލޯވޮޓްގެ 2 ޖެނެރޭޓަރާއި 68 ކިލޯވޮޓްގެ 1 ޖެނެރޭޓަރެވެ. ނަމަވެސް، ވޭތުވެދިޔަ 26 އަހަރުގެ ތެރޭގައި ރަށުގެ ކަރަންޓުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ. އަދި 20 އޮގަސްޓު 2026 ގައި ރަށަށް ގެނެވުނު މި އައު ޖެންސެޓަކީ މިހާތަނަށް މިރަށަށް ގެނެވުނު އެންމެ ބޮޑު ޖެނެރޭޓަރު ވެސް މެއެވެ.

އާ ޖެނެރޭޓަރާއެކު، މިހާރު ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާނީ:

 

* 500kw ގެ 1 ޖެނެރޭޓަރު

* 800kw ގެ 2 ޖެނެރޭޓަރު

* 1200kw (1.2 މެގަވޮޓް) ގެ 1 ޖެނެރޭޓަރު

 

އާ ޖެނެރޭޓަރުގެ ސަބަބުން ލިބޭނެ ފައިދާތައް:

މި ޖެނެރޭޓަރު އިންސްޓޯލްކޮށް ޚިދުމަތަށް ނެރުމުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވޯލްޓޭޖް އޯވަރ ވެގެން ކަރަންޓް ކެނޑޭ ކެނޑުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އަދި ހޫނުގަދަ ދުވަސްވަރުގައާއި، ގިނަ މީހުން އެއްފަހަރާ ކަރަންޓު ބޭނުންކުރާ ވަގުތުތަކުގައި ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ހައްލުވެ، މުޅި ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ރަށުގައި އަލަށް ފަށާ ވިޔަފާރިތަކަށާއި ބޮޑެތި އިމާރާތްތަކަށް ބޭނުންވާ ތްރީ-ފޭސް ކަރަންޓު ވެސް ފަސޭހަކަމާއެކު ދޫކުރެވޭނެއެވެ.

ރައީސް މުޢިއްޒުގެ ވައުދުފުޅު ފުއްދަވައިފި: ރައްޔިތުންގެ ހޫނު ޝުކުރެއް!

މިލަންދޫގެ ކަރަންޓުގެ ހާލަތު ބަދަލުކޮށްލި މި ބިޔަ ޖެނެރޭޓަރަކީ، 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެވަޑައިގެންނެވި ބޮޑު ވައުދުފުޅެކެވެ. ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވި އެ ބައްދަލުވުމުގައި، ރަށުގެ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެހެންކަމުން، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މި މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވުމުން، މިލަންދޫ ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އިޚުލާސްތެރިކަމާއެކު ހޫނު ޝުކުރެއް އަރިސްކޮށްފައެވެ.

އެމްޕީ މުފީދާއި ފެނަކަ އެމްޑީގެ ދައުރު ފާހަގަކޮށް ހާއްޞަ ޝުކުރެއް!

މި ޖެނެރޭޓަރު ރަށަށް ގެނައުމުގެ މަސައްކަތް އަވަސްކުރުމުގައި އެކި ގޮތްގޮތުން ބުރަ މަސައްކަތްތަކެއް ކޮށްދެއްވި މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން މުފީދުގެ ހިއްސާ ރަށުގެ ރައްޔިތުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ރަށުގެ ޚިދުމަތް ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދެއްވި ހާއްޞަ ސަމާލުކަމަށްޓަކައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިނަށް ވެސް ރަށުގެ ފަރާތުން ޝުކުރު އަދާކުރެއެވެ.

26 އަހަރުގެ ބުރަ މަސައްކަތް: މުވައްޒަފުންގެ އަގުވަޒަންކުރުން

ވޭތުވެދިޔަ 26 އަހަރުގެ ދިގު ތާރީޚުގައި މިލަންދޫ އިންޖީނުގެ ކުރިއެރުވުމަށް އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ވެރިންގެ ޚިދުމަތް ވެސް މި ޚަބަރާއެކު ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ، ރަށުގެ ރައްޔިތުންނަށް ދިމާވި ކޮންމެ ދަތި ވަގުތެއްގައި، ރޭގަނޑާއި ދުވާލު މެދުނުކެނޑި އިންޖީނުގޭގެ މުވައްޒަފުން ކުރި އިޚުލާސްތެރިކަމާއެކު ބުރަ މަސައްކަތްތަކަށް، މިލަންދޫ އިންޖީނުގެއިން ވަނީ ހިތުގެ އަޑިން ހޫނު ޝުކުރެއް އަދާކޮށްފައެވެ.

 

 

 

 

 

 

 

 

 

 

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ