ގަވައިދަށް ބަދަލުތަކެއް ގެނެސް އައިއޯޖީ 2025 މިމަހު ފަށަނީ!

ގަވައިދަށް ބަދަލުތަކެއް ގެނެސް އައިއޯޖީ 2025 މިމަހު ފަށަނީ!

Diog1

ގަވައިދަށް ބަދަލުތަކެއް ގެނެސް އައިއޯޖީ 2025 މިމަހު ފަށަނީ!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ދަރަނބޫދޫގެ މުވައްސަސާތަކުގެ ގުޅުން ބަދަހިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދަރަނބޫދޫ އިންޓަރ އޮފީސް ގޭމްސްގެ މިއަހަރުގެ މުބާރާތް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށް ދަރަނބޫދޫ ކައުންސިލުން ހާމަ ކޮށްފިއެވެ. މިކަމާއި ބެހޭގޮތުން ކައުންސިލުން ވަނީ ރަށުގެ މުވައްސަސާތަކާއެކު މިމަހު 3 ބައްދަލުވުމެއް މިހާތަނަށް ބާއްވާފައެވެ.

ދަރަނބޫދޫ އައިއޯޖީއަކީ އެ މުބާރާތް ރާވައި އިންތިޒާމް ކުރުމުގެ މަސައްކަތްތައް އެކި އަހަރު އެކި މުވައްސަސާތަކާއި ޙަވާލުކުރެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ދަރަނބޫދޫ ކައުންސިލާއި ދަރަނބޫދޫ ޕޮލިސް ޕޯސްޓް ގުޅިގެންނެވެ.

މި މުބާރާތަށް މިއަހަރު ގެނެވޭ އެންމެ ބޮޑު އެއް ބަދަލަކީ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ކުޅިވަރުތަކުގެ ތެރެއަށް އިތުރުކުރުމެވެ. ދަރަނބޫދޫގެ މުވައްސަސާތަކުގައި ވަޒީފާ އަދާކުރާ ބޮޑު އިންސައްތައަކީ އަންހެނުން ކަމުގައިވާއިރު، މިހާތަނަށް އަންހެނުންނަށް ވަކިން ޚާއްސަކުރެވޭ މުބާރާތެއް އައިއޯޖީގައި ބާއްވާފައި ނުވެއެވެ. އައިއޯޖީގައި ދެން ހިމެނެނީ ފިރިހެނުންނަށް ޚާއްސަ ފުޓްސަލް މުބާރާތަކާއި، ދެޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވޮލީ އަދި ބެޑްމިންޓަން މުބާރާތެވެ.

މުބާރާތުގެ ގަވާއިދަށް ދެން ގެނެވޭ އެންމެ ބޮޑު ބަދަލަކީ ޗެމްޕިއަންކަން ހޯދުމަށް ހުރިހާ މުބާރާތެއްގައިވެސް މުވައްސަސާތަކުން ބައިވެރިވާންޖެހޭ ގޮތަށް އޮތް ބަދަލެވެ. މިއަހަރުގެ އެންމެ މޮޅު ޓީމު ކަނޑައަޅަނީ އޯވަރޯލްކޮށް ހުރިހާ މުބާރާތެއްގެ ނަތީޖާއަށް ބިނާކޮށެވެ. މިއަހަރުގެ މުބާރާތަށް މުވައްސަސާތަކުން ބޭނުންވާނަމަ، ކޮންމެ މުބާރާތަކަށް އެއް ކުޅުންތެރިއަކު އަތޮޅުގެ އެހެން ރަށަކުން ގެނެވިދާނެއެވެ. އެގޮތުން ގެނެވޭ ކުޅުންތެރިއަކީ އަތޮޅުގެ އެހެން ރަށެއްގައި އެ މުވައްސަސާއަކާއި ގުޅުންހުރި މުވައްސަސާއަކުން ގެނެވޭ ކުޅުންތެރިއަކަށް ވާންޖެހެއެވެ.

ދަރަނބޫދޫ އިންޓަރ އޮފީސް ގޭމްސް 2025 ގެ ޓީމުތައް ބެހިގެންވާގޮތް:

  • ދަރަނބޫދޫ ކައުންސިލް
  • ދަރަނބޫދޫ ސްކޫލް
  • ދަރަނބޫދޫ ސިއްޙީމަރުކަޒު، މެޖިސްޓްރޭޓް ކޯޓު، ޕޮލިސް ޕޯސްޓް އަދި އެސްޓީއޯ ފާމަސީ
  • ދަރަނބޫދޫ ފެނަކަ ބްރާންޗު

އައިއޯޖީ މުބާރާތުގެ މިދިޔަ އަހަރުގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ ފެނަކައާއި ވާދަކޮށް ދަރަނބޫދޫ ކައުންސިލުންނެވެ. ވޮލީގެ ޗެމްޕިއަންކަން ދަރަނބޫދޫ ސްކޫލުން ހޯދީ ފައިނަލުގައި ދަރަނބޫދޫ ކައުންސިލާއި ވާދަކޮށްގެންނެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި