އަންނަ ޖެނުވަރީމަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ވާދަކުރާ ދަރަނބޫދޫ ޓީމުގެ ފައިނަލް ސްކޮޑް ސިލެކްޝަން މިއަދު އިޢުލާނުކޮށްފިއެވެ.
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ވާދަވެރި އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ދަރަނބޫދޫ ތަމްސީލްކުރާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ:
މުޒްދާން ޙަސަން
ސާޖިދު އަޙްމަދު އިބްރާހީމް
މަހުފޫޒް ޢުމަރު
މުއައްލިމް ޢުމަރު
މުޙައްމަދު ޢުމަރު
އަލީ ނަސީރު
އަފްރާޙް އާދަމް
މުޙައްމަދު ސުލައިމާނު
ރަޔާން ރިޔާޙް
މައީޝް މަޙްމޫދު ރަޝީދު
މުޙައްމަދު އަޙްމަދު
ރިޝްވާން އަޙްމަދު
ރަޖުވާން މުޙައްމަދު އަދި އާލިފް ޢަލީއެވެ.
ޓީމު ސްކޮޑުން މިފަހަރު ޖާގަ ނުލިބުނު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަބްދުލް މަޖީދު (ޗޯރޭ) އާއި އާސިމް މުޙައްމަދު ހިމެނެއެވެ. މީގެ އިތުރުން މިދިޔައަހަރު ޓީމުގައި ހިމެނުނު ޝާމް، ޒަޔާން އަދި އާބިދު މިއަހަރުގެ ޓީމުގައި ނުހިމެނެއެވެ. މިއަހަރުގެ ޓީމުގައި ދެން އެންމެ ފާހަގަކޮށްލެވޭ ބަދަލީ ކުޅުމާއި ދުރުގައި ގިނަދުވަސްތަކެއް ވަންދެން ހުރުމަށްފަހު، ރަޖުވާން އެނބުރި އައިސްފައިވުމެވެ.
މި ޓީމުގެ ކެޕްޓަނަކަށް ކަނޑައަޅާފައިވަނީ ދަރަނބޫދޫގައި މިވަގުތު ހުރި އެންމެ އުއްމީދީ އަދި ހުނަރުވެރި ކުޅުންތެރިޔާ މުޒްދާން ޙަސަނެވެ. މިޓީމުގެ ކޯޗަކީ ފުޓްބޯޅައިގައި ދަރަނބޫދޫއަށް ރަންތަށި ހޯދައިދިން ކޯޗު ޢަބްދުﷲ ޒުބައިރު (ޒުއްބަ)އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 2016 ވަނަ އަހަރު ބައިވެރިވި ދަރަނބޫދޫ ޓީމުގެ ކޯޗުކަންވެސް ޒުއްބަ ކޮށްދީފައިވެއެވެ. ޓީމުގެ އޮފިޝަލުންތެރޭގައި ހިމެނެނީ މައުމޫން، އުމައިރު، ލުޤުމާނު އަދި ތޮއްޔިބުއެވެ.
އަންނަ މަހު ފަށާ މިމުބާރާތުގައި ދަރަނބޫދޫ ޓީމުގެ ފުރަތަމަ މެޗު އޮންނާނީ 11 ވަނަ ދުވަހުގެ ރޭ 22:00 ގައި ނިލަންދޫއާއެކުއެވެ. ދެވަނަ މެޗުގައި ޖެނުވަރީ 16 ވަނަ ދުވަހުގެ ހަވީރު 17:00 ގައި ފީއައްޔާއި ވާދަކުރާއިރު ތިންވަނަ މެޗު އޮންނާނީ 20 ވަނަ ދުވަހުގެ ރޭ 23:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ފާފު އަތޮޅުބުރުގެ އެންމެ ފަހުގެ ޗެމްޕިއަން ބިލެއްދޫއާއެވެ. އަތޮޅު ގުރޫޕްގެ ފަހު މެޗުގައި ޖެނުވަރީ 25 ވަނަ ދުވަހުގެރޭ 20:00 ގައި ބައްދަލުކުރާނީ މަގޫދޫއާއެވެ.