ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް އިޢުލާނު ކޮށްފި

ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް އިޢުލާނު ކޮށްފި

Final 7 2048x1536

ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް އިޢުލާނު ކޮށްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ފ.އަތޮޅު ވޮލީ މުބާރާތް 2024” މިއަދު އިޢުލާނު ކޮށްފިއެވެ.

މިމުބާރާތަކީ މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލަށް އެރަށެއް ތަމްސީލު ކުރުމަށް ދެ ޖިންސުގެ ޓީމެއް މިމުބާރާތުގައި ބައިވެރިކުރެވޭނެއެވެ.

މި މުބާރާތާއި ބެހޭގޮތުން ދަނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފ. އަތޮޅު ކައުންސިލުން ވިދާޅުވީ މުބާރާތް ބާއްވަން ނިންމައި، ރަށްރަށުގެ ކައުންސިލަށް މިއަދު ރަސްމީކޮށް އަންގާފައިވާ ކަމަށާއި، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެކަމަށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގައި ކަމަށެވެ.

އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް ފެށުމަށް ނިންމާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ފުރަތަމަ ދުވަހުގައެވެ. މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމާއި، ކައުންސިލްތަކުން ޓީމުތައް ބައިވެރިކުރުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ. މި މުބާރާތުގެ ޤަވާއިދު މިހާރު ރަށްރަށުގެ ކައުންސިލްތަކާއި ހިއްސާ ކުރެވިފައިވާނެކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ބޮޑު ބަހުސް

ފ. އަތޮޅު ކައުންސިލްގެ ފުރަތަމަ ވޮލީ މުބާރާތުގައި ފ. ބިލެއްދޫ ފިޔަވައި އެހެން ކޮންމެ ރަށަކުން ދެ ޖިންސުގެ ޓީމުތައް ބައިވެރި ކުރިއެވެ. އެ މުބާރާތް ވެގެން ގޮސްފައިވަނީ ވޮލީގެ ފޯރި ގަދަ، އަދި އަތޮޅުގެ ރަށްތަކުގެ މެދުގައި އެއްބައިވަންތަކަން ދައްކުވައިދިން މުބާރާތަކަށެވެ.

މި މުބާރާތުގެ ފުރަތަމަ އަހަރުގެ ފިރިހެން ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފ. ނިލަންދޫއިންނެވެ. ނިލަންދޫ ޓީމުން ޗެމްޕިއަންކަން ހޯދާފައިވަނީ ވޮލީގައި ގަދަފަދަ ފީއަލީ ޓީމު ސީދާ ތިންސެޓުން ބަލިކުރުމަށްފަހުގައެވެ. މިދިޔަ އަހަރު ބޭއްވުނު މިމުބާރާތުގެ އަންހެން ޑިވިޒަނުގެ ޗެމްޕިއަންކަން ފ. މަގޫދޫ ޓީމުން ހޯދާފައިވަނީވެސް ފީއަލީ ޓީމު ބަލިކުރުމަށްފަހުގައެވެ. މުޅި މުބާރާތުގައިވެސް ފެނުނު އެންމެ ފޯރިގަދަ މެޗުގެ ގޮތުގައި ފާހަގަކުރެވުނު އަންހެން ޑިވިޒަނުގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދީ ފަހަތުން އަރައި 3 ސެޓު 2 ސެޓުން ފީއަލީ ޓީމު ބަލިކުރުމަށްފަހުގައެވެ.

ފ.އަތޮޅު ވޮލީ މުބާރާތް ވަރަށް ކާމިޔާބު : އަތޮޅު ކައުންސިލް ރައީސް

ފ. އަތޮޅު ކައުންސިލްގެ ފުރަތަމަ ވޮލީ މުބާރާތަކީ ވަރަށް ގިނަބައެއްގެ އެހީތެރިކަން ލިބިގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ. އެ މުބާރާތް ހޯސްޓުކުރުމުގައި ފ. ނިލަންދޫ ކައުންސިލުން ވަރަށް ރަނގަޅު އިންތިޒާމްތަކެއްވެސް ހަމަޖައްސަވާ ދެއްވާފައިވާކަން ރަށްރަށުން ފާހަގަކުރައްވާފައިވެއެވެ. އެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ދަނިއުސް މީޑިއާއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި