ފާފު އިންޓަރސްކޫލް ކުޅިވަރު މުބާރަތް: ފުޓަސަލްގެ ފުރަތަމަ މެޗް އެއްވަރު. ދެވަނަމެޗް ކާމިޔާބުކުރީ އަތޮޅު މަދަރުސާ

ފާފު އިންޓަރސްކޫލް ކުޅިވަރު މުބާރަތް: ފުޓަސަލްގެ ފުރަތަމަ މެޗް އެއްވަރު. ދެވަނަމެޗް ކާމިޔާބުކުރީ އަތޮޅު މަދަރުސާ

Qwqw

ފާފު އިންޓަރސްކޫލް ކުޅިވަރު މުބާރަތް: ފުޓަސަލްގެ ފުރަތަމަ މެޗް އެއްވަރު. ދެވަނަމެޗް ކާމިޔާބުކުރީ އަތޮޅު މަދަރުސާ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

މިހާރު ބިލެއްދޫގައި ކުރިއަށްދާ ފ އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ ފިރިހެން ކުދިންގެ ފުޓްސަލްގެ ފުރަތަމަ މެޗް ބިލެއްދޫ ސްކޫލާއި ދަރަނބޫދޫ ސްކޫލް އެއްވަރުވެގެން ނިމިއްޖެއެވެ.

ދެޓީމްގެ ފަރާތުންވެސް ވަރަށް ހަމަހަމަ، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗް އެއްވަރުވީ 1-1 އިންނެވެ. ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނަގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ މެޗްގައި ފުރަތަމަ ލީޑްނެގީ ފުރަތަމަ ހާފުގައި ދަރަނބޫދޫ ސްކޫލުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ދަރަނބޫދޫގައި އަރަމުންއަންނަ ފުޓްސަލް ތަރި ރަޔާން ރިޔާހެވެ. ރަޔާން މިލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭޖެމުމަކުންނެވެ. ދަރަނބޫދޫ ސްކޫލްގެ ލަނޑަށްފަހުވެސް ބިލެއްދޫ ސްކޫލުގެ ޓީމުން ފެނުނީ ހިއްވަރާއެކު ކުޅެ ދަރަނބޫދޫ ސްކޫލްގެ ގޯލަށް ނުރައްކާކުރަމުން އައިތަނެވެ. ބިލެއްދޫ ސްކޫލުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކުރީ މެޗުގެ ފަހު ހާފުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖަރސީ ނަންބަރު 9 ނަޒާން ނާފިއު އެވެ. ދެޓީމުގެ ކީޕަރުންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ބިލެއްދޫ ސްކޫލްގެ ގޯލްކީޕަރު މުޙައްމަދު މާހިލް އެވެ.

ފުޓްސަލް މުބާރާތުގެ ދެވަނަ މެޗްގައި ބައްދަލުކުރީ އަތޮޅު ތަޢުލީމީ މަރުކަޒާއި އަތޮޅު މަދަރުސާއެވެ. މި މެޗް 2-1 އިން ކާމިޔާބުކުރި ފ އަތޮޅު މަދަރުސާއެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗްގެ ފުރަތަމަ 2 ލަނޑު ޖަހާފައިވަނީ އަތޮޅު މަދަރުސާއިންނެވެ. މިލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ޒަހީން އަދި ރަފީޢުއެވެ. ތަޢުލީމީ މަރުކަޒުން ލަނޑެއްޖަހާ ފަރަގު ކުޑަކުރީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގައި ދެޓީމުންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ. އެގޮތުން ތަޢުލީމީ މަރުކަޒަށް ނަތީޖާ ހަމަހަމަ ކުރުމަށް ޕެނަލްޓީއެއްވެސް ލިބިފައިވެއެވެ. ތަޢުލީމީ މަރުކަޒުގެ ޓީމުން ޖެހި ޕެނަލްޓީ ވަނީ އަތޮޅުމަދަރުސާގެ ގޯލްކީޕަރު އަޙްމަދު އަދްލާން އިބްރާހިމް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗްގެ އެންމެމޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އަދްލާން އެވެ.

ފ އަތޮޅު ކުޅީވަރު މުބާރާތުގެ ފުޓްސަލް އިވެންޓްގައި މިއަދުވެސް 2 މެޗް ކުޅެވޭނެއެވެ. މިއަދުގެ ފުރަތަމަ މެޗްގައި ހަވީރު 20:00 ގައި ބައްދަލުކުރާނީ ބިލެއްދޫ ސްކޫލާއި މަގޫދޫ ސްކޫލެވެ. ދެވަނަ މެޗްޖައި 21:00 ގައި ބައްދަލުކުރާނީ ދަރަނބޫދޫ ސްކޫލާއި ނިލަންދޫ ފ އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ސްކޫލްތަކުގެ މެދުގައިބޭއްވޭ ފުރަތަމަ ކުޅިވަރު މުބާރާތް ހޯސްޓްކުރަނީ ބިލެއްދޫ ސްކޫލްއިންނެވެ. މުބާރާތްތަކުގެ ސްޕޮންސަރުންނަކީ ފ ބިލެއްދޫ ކައުންސިލް، ރިއަލް ޖާރޒީ އަދި ފާފު ޕޮލިސް ކުލަބެވެ. މި ހަރަކާތުގެ އޮފިސިއަލް މީޑިއާ ޕާޓްނަރ އަކީ ދަނިއުސްއެވެ. މުބާރާތްތަކުގެ ޙަބަރާއި މަޢުލޫމާތާއި އެކު މެޗްތަކުގެ ލައިވްކަވަރޭޖްވެސް ދަނިއުސްއިން ގެނެސްދޭނެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި