ފާފު އިންޓަރސްކޫލް ކުޅިވަރު މުބާރަތް: ހޭންޑްބޯޅައިގެ ފުރަތަމަ ދުވަހުގެ މަޗްތަކުން ބިލެއްދޫ ސްކޫލާއި އަތޮޅު މަދަރުސާ މޮޅުވެއްޖެ

ފާފު އިންޓަރސްކޫލް ކުޅިވަރު މުބާރަތް: ހޭންޑްބޯޅައިގެ ފުރަތަމަ ދުވަހުގެ މަޗްތަކުން ބިލެއްދޫ ސްކޫލާއި އަތޮޅު މަދަރުސާ މޮޅުވެއްޖެ

G11

ފާފު އިންޓަރސްކޫލް ކުޅިވަރު މުބާރަތް: ހޭންޑްބޯޅައިގެ ފުރަތަމަ ދުވަހުގެ މަޗްތަކުން ބިލެއްދޫ ސްކޫލާއި އަތޮޅު މަދަރުސާ މޮޅުވެއްޖެ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

އާދީއްތަ ދުވަހު ބިލެއްދޫގައި ފެށުނު ފ އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ ހޭންޑްބޯޅައިގެ ފުރަތަމަ ދެމެޗުން ބިލެއްދޫ ސްކޫލާއި ފީއަލީ ފ. އަތޮޅު މަދަރުސާ މޮޅުވެއްޖެއެވެ.

ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ބިލެއްދޫ ސްކޫލް މޮޅުވީ ދަރަނބޫދޫ ސްކޫލާއި ވާދަކޮށެވެ. ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗް ބިލެއްދޫ ސްކޫލުން ކާމިޔާބްކުރީ 6 – 5 ގެ ހަނި ނަތީޖާއަކުންނެވެ. މެޗްގައި ދަރަނބޫދޫ ސްކޫލުން ޖެހި 5 ލަނޑުގެ ތެރެއިން 4 ލަނޑު ޖަހާފައިވަނީ ޓީމްގެ ކެޕްޓަން މިޝްކާއެވެ. އެޓީމަށް އަނެއްލަނޑު ކާމިޔާބުކޮށްދިނީ ޝަބާ އަޙްމަދެވެ. ބިލެއްދޫ ސްކޫލުގެ 6 ލަނޑުގެ 1 ލަނޑު ޖަހާފައިވަނީ ޖަރސީ ނަންބަރު 7 ރިފާއެވެ. އަނެއް 5 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އެޓީމްގެ ޖަރސީ ނަންބަރު 12 ދީނާއެވެ. މެޗްގެ އެންމެމޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީވެސް ދީނާއެވެ.

ހޭންޑްބޯޅަ މުބާރާތުގެ 2 ވަނަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައިވަނީ އަތޮޅު މަދަރުސާއެވެ. އަތޮޅު ތަޢުލީމީ މަރުކަޒާއި ވާދަކޮށް އެޓީމް މޮޅުވެފައިވަނީ 15 – 3 އިންނެވެ. ތަޢުލީމީ މަރުކަޒު ޓީމްގެ ލަނޑުތައް ކާމިޔާބިކޮށްފައިވަނީ ރިފާ، ރައްޔާ އަދި އަޝްފާއެވެ. އަތޮޅު މަދަރުސާ ޓީމުން އީމާން 4 ލަނޑު، ރިވާ 2 ލަނޑު، އީޝަލް 1 ލަނޑު ޖެހިއިރު ބަކީ 8 ލަނޑު ކާމިޔާބުކޮށްފައިވަނީ އެޓީމްގެ ޖަރސީ ނަންބަރު 7 ލީމްއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ލީމްއެވެ.

ފ އަތޮޅު ކުޅީވަރު މުބާރާތުގެ އަންހެންކުދިންގެ ހޭންޑްބޯޅަ އިވެންޓްގައި މިއަދުވެސް 2 މެޗް ކުޅެވޭނެއެވެ. މިއަދުގެ ފުރަތަމަ މެޗްގައި ހަވީރު 16:00 ގައި ބައްދަލުކުރާނީ ބިލެއްދޫ ސްކޫލާއި މަގޫދޫ ސްކޫލެވެ. ދެވަނަ މެޗްޖައި 17:00 ގައި ބައްދަލުކުރާނީ ދަރަނބޫދޫ ސްކޫލާއި ނިލަންދޫ ފ އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ސްކޫލްތަކުގެ މެދުގައިބޭއްވޭ ފުރަތަމަ ކުޅިވަރު މުބާރާތް ހޯސްޓްކުރަނީ ބިލެއްދޫ ސްކޫލްއިންނެވެ. މުބާރާތްތަކުގެ ސްޕޮންސަރުންނަކީ ފ ބިލެއްދޫ ކައުންސިލް، ރިއަލް ޖާރޒީ އަދި ފާފު ޕޮލިސް ކުލަބެވެ. މި ހަރަކާތުގެ އޮފިސިއަލް މީޑިއާ ޕާޓްނަރ އަކީ ދަނިއުސްއެވެ. މުބާރާތްތަކުގެ ޙަބަރާއި މަޢުލޫމާތާއި އެކު މެޗްތަކުގެ ލައިވްކަވަރޭޖްވެސް ދަނިއުސްއިން ގެނެސްދޭނެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި