ފ. އަތޮޅު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތައް ފަށައިފި

ފ. އަތޮޅު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތައް ފަށައިފި

D1 (61 Of 66)

ފ. އަތޮޅު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތައް ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ކުޅިވަރު މުބާރާތްތައް އިއްޔަ ފަށައިފިއެވެ. މި ކުޅިވަރު ހަރަކާތުގައި ކުރިއަށްދަނީ ދެ މުބާރާތެކެވެ. އެއީ ފިރިހެން ދަރިވަރުންގެ ފުޓްސަލް މުބާރާތަކާއި އަންހެން ދަރިވަރުންގެ ހޭންޑްބޯލް މުބާރާތެކެވެ. މިއީ މިއަތޮޅުގައި މަދަރުސާތަކުގެ މެދުގައި ބޭއްވޭ ކުޅިވަރުގެ، މިފަދަ ފުރަތަމަ ހަރަކާތެކެވެ. މި މުބާރާތްތައް އަމާޒުކުރެވިފައިވަނީ ގުރޭޑް 10 އިން ދަށުގެ ދަރިވަރުންނަށެވެ. އަތޮޅު ސްކޫލްތަކުގެ ކުޅިވަރު މުބާރާތްތައް މިއަހަރު ކުރިއަށްދަނީ ބިލެއްދޫގައެވެ.

މުޅިންއަލަށް، އަތޮޅުކައުންސިލުން އަތޮޅުގެ ސްކޫލް ތަކަށް ކުޅިވަރު މުބާރާތްތައް ތަޢާރަފް ކުރިއިރު އަތޮޅުގެ ސްކޫލުތަކުންވެސް ވަރަށް ރަނގަޅު ތަރުހީބެއް މި މުބާރާތްތަކަށް ލިބިފައިވާކަން ފާހަގަކުރެވެނީ އަތޮޅުގެ ހުރިހާ ސްކޫލަކުން މުބާރާތްތަކުގައި ބައިވެރިވެ، އަތޮޅުގައި މީހުންދިރިއުޅޭ ހުރިހާރަށެއް މުބާރާތްތަކުގައި ތަމްސީލްވެގެންދާތީއެވެ. އެގޮތުން ނިލަންދޫއިން ފ އަތޮޅު ތަޢުލީމީ މަރުކަޒު، ފީއަލީ އިން ފ އަތޮޅު މަދަރުސާ، ދަރަނބޫދޫ އިން ދަރަނބޫދޫ ސްކޫލް، ބިލެއްދޫއިން ބިލެއްދޫ ސްކޫލް އަދި މަގޫދޫއިން މަގޫދޫ ސްކޫލްއިން ކޮންމެ ސްކޫލަކުން ފުޓްސަލް ޓީމަކާއި ހޭންޑްބޯލް ޓީމެއް ބައިވެރިވެފައިވެއެވެ.

މިއަހަރުގެ ފ އަތޮޅު ކުޅިވަރު މުބާރާތްތައް ބިލެއްދޫގައި ހޯސްޓް ކުރަމުންދަނީ ބިލެއްދޫ ސްކޫލުގެ ފަރާތުންނެވެ. މި މުބާރާތް ބިލެއްދޫގައި ބޭއްވުމަށް ބިލެއްދޫގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އޮޑިދޯނިފަހަރާއި، ޖުމުލަކޮށް ބިލެއްދޫގެ އެންމެހާ ރައްޔަތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އަތޮޅުގެ އެހެންރައްރަށުން މުބާރާތަށް ބިލެއްދޫއަށް އައި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ބިލެއްދޫ ފުޓްސަލް ދަނޑުގައި މެޗްތައް ކުރިއަށްގެންދިއުމަށްވެސް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.

މި ހަރަކާތް ފާށާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ކުޅެވުނު 2 ހޭންޑްބޯޅަ މެޗުންނެވެ. މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހުގެރޭ ކުޅެވުނު 2 ފުޓްސަލް މެޗްގެ ކުރިން ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ.

ބިލެއްދޫ ސްކޫލްއިން ހޯސްޓްކުރާ އަތޮޅު ކުޅިވަރު މުބާރާތްތަކުގެ ސްޕޮންސަރުންނަކީ ފ ބިލެއްދޫ ކައުންސިލް، ރިއަލް ޖާރޒީ އަދި ފާފު ޕޮލިސް ކުލަބެވެ. މި ހަރަކާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ ދަނިއުސްއެވެ. މުބާރާތްތަކުގެ ޚަބަރާއި މަޢުލޫމާތާއި އެކު މެޗްތަކުގެ ލައިވްކަވަރޭޖްވެސް ދަނިއުސްއިން ގެނެސްދޭނެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި