މުބާރާތް ވަރަށް ކާމިޔާބު! މިއީ ގިނަބަޔަކު ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ: އަތޮޅު ކައުންސިލްގެ ރައީސް

މުބާރާތް ވަރަށް ކާމިޔާބު! މިއީ ގިނަބަޔަކު ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ: އަތޮޅު ކައުންސިލްގެ ރައީސް

Ali

މުބާރާތް ވަރަށް ކާމިޔާބު! މިއީ ގިނަބަޔަކު ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ: އަތޮޅު ކައުންސިލްގެ ރައީސް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ފ. އަތޮޅު ވޮލީ މުބާރާތް 2023” އިން ޙާސިލް ކުރަން ބޭނުންވި ގިނަ ލަނޑުދަނޑިތައް ޙާސިލްކުރެވިފައިވާ ކަމަށް ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޢަލީ މުޙައްމަދުގެ ވާހަކަފުޅުގައި މުޅި އަތޮޅަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވުނު މި މުބާރާތުގައި އެއްރަށް ފިޔަވައި އެހެން ރަށްރަށުން 2 ޓީމު ބައިވެރިވެފައިވާ ކަމަށާއި، ރަށްރަށުގެ ކައުންސިލްތަކުން އަތޮޅު ކައުންސިލަށް މިމުބާރާތާއި ގުޅިގެން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާފައިވާ ކަމުގައެވެ.

މި މުބާރާތުގައި އަތޮޅު ފެންވަރުގައި ވޮލީކުޅޭ ހުނަރުވެރި ދަރިންތަކެއް ފެނިފައިވާކަމަށާއި، ވޮލީގައި ވާދަވެރި ރޫހެއް ފެނިގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ވޮލީއަށް އޮތް ޖޯޝާއި ކާމިޔާބު ހާސިލްކުރަން ޓީމުތަކުގެ މެދުގައިއޮތް ފޯރިއާއި އުޖާލާ މުސްތަޤުބަލެއް ފެނިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

މި ބޭއްވުނު މުބާރާތަކީ ގިނަ އަހަރުތަކަކަށްފަހު އަތޮޅު ކައުންސިލުން އިސްނަގައި އަތޮޅު ފެންވަރުގައި ބޭއްވި މުބާރާތެއް ކަމަށާއި، ފެނިގެން މިދިޔައީ މީގެ ކުރިން އަތޮޅު ފެންވަރުގައި ބޭއްވުނު އެހެނިހެން ކުޅިވަރު މުބާރާތްތަކަށްވުރެވެސް ވާދަވެރިކަމެއް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖުމުލަކޮށް ދަންނަވާނަމަ މި މުބާރާތަކީ ހުރިހާކަމެއްވެސް ވަރަށް ފުރިހަމަކޮށް ގެންދެވުނު ވަރަށް ކާމިޔާބު މުބާރާތެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ކާމިޔާބީއަކީ އަތޮޅު ކައުންސިލާއި އަތޮޅުގެ އެހެން މުވައްސަސާތައް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން ނިލަންދޫ ކައުންސިލާއި، ފާފު ޕޮލިސް ކުލަބާއި ފާފު އަތޮޅު ހޮސްޕިޓަލުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާފައިވާތީ އެފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އަތޮޅުގެ ރައްޔިތުންނަށް ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވައި ދެއްވައި ހިތް އުފާކޮށްދެއްވުމަށް ފ. އަތޮޅު ކައުންސިލްގައި މަސައްކަތްކުރައްވާ މުވައްޒަފުން ވަރަށް ބުރަކޮށް ވަރަށް ފުރިހަމައަށް މަސައްކަތް ކޮށްދެއްވާފައިވާތީ އެކަމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމުގައި ވިދާޅުވިއެވެ.

ގިނަ ބަޔަކު ގުޅިގެން އެކުގައި ކުރެވުނު މިކާމިޔާބު މަސައްކަތާއެކު، ކުރިއަށް އޮތްތަނުގައިވެސް އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ޙަރަކާތްތަކެއް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ކައުންސިލް ރައީސް ޢަލީ މުޙައްމަދުގެ އިންޓަވިއުގެ ބައިތައް ދަނިއުސްގެ ޓިކްޓޮކް ހޭންޑަލްގައި https://www.tiktok.com/@dhanews.mv މިހާރުވަނީ އާންމުކުރެވިފައެވެ.

ފ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދެވި މިމުބާރާތާއި ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް ޚާއްސަކޮށް މުބާރާތުގައި ބައިވެރިވި ޓީމުތަކަށާއީ މުބާރާތާއި ގުޅިގެން ނިލަންދޫއަށް ވަޑައިގެންނެވި ޢިއްޒަތްތެރި ބޭފުޅުންނަށް އެކައުންސިލުން އިންތިޒާމްތައް ހަމަޖައްސަވާ ދެއްވާފައިވަނީ ވަރަށް ފުރިހަމައަށްކަމަށް “ދަނިއުސް” ޓީމަށް މަޢުލޫމާތު ދެއްވި ހުރިހާ ފަރާތްތަކުންވެސް ހާމަކުރައްވާފައިވެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި