ދަރަނބޫދޫ ސްކޫލްގެ ތިން ހައުސް ކަމުގައިވާ ކުރެދިހައުސް، ހަލަވެލި ހައުސް އަދި މަދޮށި ހައުސްގެ މެދުގައި ކޮންމެއަހަރަކުވެސް ކުޅެވޭ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް މިއަދު ފެށިއްޖެއެވެ.
މިއަދު ހަވީރު ދަރަނބޫދޫ ފުޓްސަލް ދަނޑުގައި ފެށުނު މުބާރާތުގައި 2 އުމުރުފުރާއެއްގެ ކުޅުން ކުރިއަށްދާނެއެވެ. އެގޮތުން ޖޫނިއަރ ފުޓްބޯޅަ މުބާރާތުގައި ކުޅޭނީ ގުރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނެވެ. މި އުމުރުފުރާގައި ކުޅެން ހަމަޖެހިފައިވަނީ އެއިޓް އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. ސީނިއަރ އުމުރުފުރާގައި ކުޅޭނީ ގުރޭޑް ހަތަކުން މަތީގެ ދަރިވަރުންނެވެ. މިއަހަރު މިބައިގައި ކުޅެން ހަމަޖެހިފައިވަނީ ފުޓްސަލް މުބާރާތެކެވެ.
މިއަދު ފުރަތަމަ ކުޅެވުނީ ޖޫނިއަރ ގުރޫޕްގެ މެޗެކެވެ. މި މެޗްގައި ބައްދަލުކުރީ ހަލަވެލި ހައުސް އާއި ކުރެދި ހައުސްއެވެ. މިމެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ކުރެދިހައުސްގެ ތުލްސަމް އަޙްމަދު ޒަމީރެވެ.

ދެވަނައަށް ކުޅެވުނީ ސީނިއަރ ގުރޫޕްގެ ހަލަވެލި ހައުސް އާއި، މަދޮށި ހައުސްގެ މެޗެވެ. ޕޯރިގަދަ ކުޅުމެއް ފެނުނު މެޗް ނިމުނީ 8 ލަނޑު 8 ލަނޑުން އެއްވަރުވެގެންނެވެ. މޮޅުކުޅުންތެރިއަކަށް ހޮވުނީ މަދޮށިހައުސްގެ މުޒްދާން ޙަސަން އެވެ.

މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދަނިއުސްއެވެ. ކޯ ސްޕޯންސަރ އަކީ ހުޅުމާލޭ ޔޫތް އެން ސްޕޯޓްސް ކްލަބް ގެ ސްޕޯޓްސް އެކަޑަމީއެވެ. އަދި އިތުރު ސްޕޮންސަރުންގެ ތެރޭގައި ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އެޑް ޖަމްޢިއްޔާ، މަލްޓިކަލާރ، އަދި ވިލާ އެޑަމް ހިމެނެއެވެ.
މި ދެމުބާރާތުގެ ފައިނަލް މެޗް ކުލެން ހަމަޖެހިފައިވަނީ ޖެނުއަރީ 26ވާ ބުރާސްފަތި ދުވަހު ހަވީރުއެވެ.