ޕްރޮފައިލް: ފާތިމަތު ސައުދާ

Dhanews Logo

ޕްރޮފައިލް: ފާތިމަތު ސައުދާ

Sau001

ޕްރޮފައިލް: ފާތިމަތު ސައުދާ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް 3 މިނިޓުން

މިއަހަރުގެ މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ފޯރި އެންމެ ގަދަކޮށް ފެންނަ އެއް ދާއިރާއަކީ ނިލަންދޫ ދާއިރާއެވެ. މިގޮތަށް ބުނެވެން އޮތް އެއް ސަބަބަކީ ނިލަންދޫ ދާއިރާގައި ހިމެނޭ ދެރަށުގެ އިތުރުން ފ. އަތޮޅުގައި ދެން އޮތް ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މެދުގައިވެސް މިދާއިރާގެ ކެންޑިޑޭޓުންގެ ބަހުސް ކުރެވެމުން ދާތީއެވެ. އޭގެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެހެންނަމަވެސް، އެކަންތައް އެހެން ފަހަރަކުން ލިޔެލުމަށް ގަސްތުކޮށް މި ރިޕޯޓް ޚާއްސަ މިކުރެވެނީ ނިލަންދޫ ދާއިރާއަށް ވާދަކުރުމަށް، ޕީޕީއެމް ޕީއެންސީ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ފާތިމަތު ސައުދާއަށެވެ. ރިޕޯޓްގެ މައިގަނޑު މަޤްސަދަކީ، ސައުދާއަކީ މިދާއިރާއަށް ނިސްބަތްނުވާ ފަރާތަކަށްވުމުން، ދާއިރާގެ ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް “ސައުދާ” ބުނެދިނުމެވެ. ރިޕޯޓަށް ހޯދަން ބޭނުންވި މަޢުލޫމާތު އެއްކުރެވިފައިވަނީ، ދަނިއުސް ޓީމުން ސީދާ ސައުދާއާއި ބައްދަލުކޮށް އިންޓަވިއު ކުރެވިގެންނެވެ. މި އިންޓަވިއުގެ ވީޑިއޯ ރިކޯޑިންގ އެއް ދަނިއުސްގެ ފޭސްބުކް އަދި ޓިކްޓޮކް ހޭންޑަލްއިން ދާދިއަވަހަށް ގެނެސްދެވޭނެއެވެ.

ކުރުގޮތަކަށް ސައުދާ:

ފާތިމަތު ސައުދާއަކީ ވެރިރަށް މާލެއަށް އުފަން މާލޭ ކަނބަލެކެވެ. ނިލަންދޫ ދާއިރާއަށް ސައުދާ އެންމެ ފުރަތަމަ ތަޢާރަފް ކުރެވުނީ ރާއްޖޭގެ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ “ކޮއްކޯފުޅު” ގެ ގޮތުގައެވެ. ސައުދާގެ ބަހުރުވައިންނަމަ، ޑރ. މުއިއްޒުއަކީ “ދޮންބެ”އެވެ. ސައުދާއާއި ޑރ. މުއިއްޒުގެ އިތުރުން މަންމާފުޅަށް ލިބިފައިވާ އިތުރު ދަރިއަކު ނުހުރެއެވެ.

ތައުލީމީ ފެންވަރަކީ ކޮބާ؟

ރައްޔިތުންގެ މަޖިލީހަކީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ އިދާރާއަކަށް ވާތީ، އެތަނަށް ރައްޔިތުން ތަމްސީލް ކުރުމަށް އިންތިޚާބު ކުރެވޭ ފަރާތްތަކަކީ ރަނގަޅު ތަޢުލީމެއް ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. ސައުދާގެ ތައުލީމީ ޙަޔާތުގެ ވާހަކަ އޭނާ ފެއްޓެވީ ގްރޭޑް 10 ގެ ހަނދާންތަކުންނެވެ. އޯލެވެލް ކިޔަވަމުން ދިޔަ އަހަރުގައި ސައުދާވަނީ ޕާޓްޓައިމްކޮށް އަހްމަދިއްޔާ ސްކޫލުގައި ކިޔަވައިދެއްވާފައެވެ. ތަޢުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް ފުރަތަމަ ޝަޢުޤުވެރިކަން އުފެދުނީވެސް އަޙްމަދިއްޔާގައި މަސައްކަތް ކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ. އޯލެވެލް ނިންމާލުމަށްފަހު އޭރުގެ އައި.ޓީ.އީ އިންސްޓިޓިއުޓުން ޑިޕްލޮމާ ފެންވަރުގެ ޓީޗިންގ ކޯހެއް ފުރިހަމަކުރެއްވި ސަޢުދާއަކީ ޓީޗިންގ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ފަރާތެކެވެ.

އޭގެ ފަހުން ސައުދާގެ ތަޢުލީމީ ޙަޔާތް އަނބުރައިލީ ދިވެހި މުޖުތަމަޢަށް ނުހަނު ބޮޑަށް ޚިދުމަތް ބޭނުންވެފައިވާ ނަފްސާނީ ޢިލްމުގެ ދާއިރާއަށެވެ. އެދާއިރާއަށް އުފެދުނު ޝަޢުޤުވެރިކަމާއެކު އިންޑިއާގެ ޔުނިވާސިޓީ އޮފް މައިސޫރުން އޭނާވަނީ ބެޗްލަރ އޮފް ސައިކޮލޮޖީ ޙާސިލް ކުރައްވާފައެވެ. އޭގެ ފަހުން ސައުދާވަނީ އިނގިރޭސި ވިލާތުގެ ކޮވެންޓްރީ ޔުނިވާސިޓީން މާސްޓާރސް އިން ކްލިނިކަލް އެންޑް ކައުންސެލިން ސައިކޮލޮޖީ ޙާސިލް ކުރައްވާފައެވެ.

ވަޒީފާއަދި އިޖްތިމާއީ ރޮނގުން ކޮށްދެއްވި ޚިދުމަތްތަކަކީ ކޮބާ؟

އުނގަންނައި ދިނުމުގެ ދާއިރާއާއި ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ތަޢުލީމު ޙާސިލްކޮށްފައިވާ ފާތިމަތު ސައުދާއަކީ ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވާފައިވާ ފަރާތެކެވެ. ވަޒީފާގެ ކެރިއަރުގެ އެންމެ ކުރީކޮޅު ޕާޓްޓައިމްކޮށް އެސިސްޓެންޓް ޓީޗަރެއްގެ މަޤާމު އަދާކުރައްވާފައި ފަހުން ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2016 ވަނައަހަރު ސައުދާވަނީ ސިއްޙަތާއިބެހޭ ވުޒާރާގެ ނައިބްކަމަށްވެސް ޢައްޔަން ކުރައްވާފައެވެ.

ރާއްޖޭގެ މަޝްހޫރު ނަފްސާނީ ބަލީގެ ޑަކްޓަރެއް ކަމުގައިވާ ޑރ. ނާޒްގެ ކުލިނިކްގައި އެދާއިރާއިން މަސައްކަތް ކުރެއްވިއެވެ. އެސިސްޓެންޓް ސައިކޮލޮޖިސްޓެއް ގޮތުގައި މަސައްކަތް ކުރެއްވި ސައުދާ ވަނީ ސައިކޮލޮޖީގެ ޢިލްމު ދަރިވަރުންނަށް އުނގަންނައި ދެއްވުމަށް ޕާޓްޓައިމްކޮށް ފެކަލްޓީ އޮފް އާޓްސްގައި ލެކްޗަރާރ އެއްގެގޮތުގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގަޔާއި އެވިޑް ކޮލެޖްގައިވެސް ލެކްޗަރަރ އެއްގެ މަޤާމު އޭނާވަނީ ފުރުއްވާފައެވެ.

ސައުދާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރާ ޑިސްއޭބިލިޓީ ކައުންސިލްގައިވެސް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތެކެވެ. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައިވެސް ވަރަށް ފަހަކާއި ޖެހެންދެން މަސައްކަތްކުރެއްވިއެވެ. ސައުދާއަކީ މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓަލް އޮތޯރިޓީގެ ސޯޝަލް ސެކްޓަރ ކައުންސިލްގެ ޗެއަރކަންވެސް ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާއަކީ ސެކްޓަރ ކައުންސިލްގެ ޗެއަރއިންގެ ތެރެއިން އެކުލަވާލެވޭ ނެޝަނަލް ޓްރޭޑް އެންޑް ޓެސްޓިންގ ސެޓްފިކޭޝަން (ޓީ.ޓީ.ސީ) ގެ ޓެކްނިކަލް ޕެނަލްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.

ލިބިފައިވާ ސިޔާސީ ތަޖުރިބާ؟

ރައީސް ޑރ. މުއިއްޒު ފަދައިން ސައުދާވެސް ސިޔާސީ ދާއިރާއަށް ނިކުންނެވީ “ޢަދާލަތު ޕާޓީ”ންނެވެ. 2009 ވަނަ އަހަރު ޢަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު އެޕާޓީގެ އަންހެނުންގެ މަޖިލީހުގެ އިންތިޚާބީ މަޤާމެއް ފުރުއްވި ސައުދާއަކީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވާފައިވާ ފަރާތެކެވެ ޢަދާލަތު ޕާޓީ ހިމެނޭހެން އެކުލަވާލެވުނު ޕީޕީއެމްގެ ކޯލިޝަން ވެރިކަމުގައި އެސަރުކާރާއި ހިތްހަމަނުޖެހިގެން ކޯލިޝަން ރޫޅާލުމުން، ސަޢުދާވަނީ ޢަދާލަތު ޕާޓީ ދޫކުރައްވާ ޕީޕީއެމްއާއި ގުޅިފައެވެ. އޭގެ ފަހުން ޕީޕީއެމްގެ އެކި އިންތިޚާބީ މަސައްކަތްތަކުގަޔާއި، މަގުމަތީ ޙަރަކާތްތަކުގެ އިތުރުން އެކިއެކި ގޮތްގޮތުން ސިޔާސީ މަސައްކަތްތަކެއް ކުރެވި، އެކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާކަމަށް ސަޢުދާ ވިދާޅުވިއެވެ.

ކީއްވެ ނިލަންދޫ ދާއިރާ؟

ނިލަންދޫ ދާއިރާގެ ގިނަ ރައްޔިތުން ކުރާ ސުވާލަކީ މިއެވެ. ސުވާލަށް ސައުދާގެ ޖަވާބުތައް ސާދާއެވެ. ފުރަތަމަވެސް ފެއްޓެވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު މިދާއިރާއަށް ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކުގެ ވާހަކައިންނެވެ. އެކަންކަން ކުރީގެ މެމްބަރުންނަށް ނުކުރެވިވާ ވާހަކައިންނެވެ. ކެމްޕެއިންގައި ނިލަންދޫ ދާއިރާގެ ދެރަށަށް ވަޑައިގަތުމުންވެސް ފެނިގެން ދިޔައީ، ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތައް ކަމުގައިވާ ފެނާއި، ނަރުދަމާގެ ޚިދުމަތަށް އިހުމާލުވެފައިވާތަން ކަމުގައި އޭނާ މި ނޫހަށް މަޢުލޫމާތު ދެއްވިއެވެ. ދެރަށުގެ މަގުތަކުގެ ޙާލަތާއި ދެރަށުގެ ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ ޙާލަތު ފާއިތުވީ އަހަރުތަކުގައި ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް އެތަންތަނަށް ކުރެވުނު ޒިޔާރަތްތަކުންނާއި ރައްޔިތުންގެ ޝަކުވާތަކުން ސާފުވެފައިވާކަމަށް ސައުދާ ފާހަގަކުރެއްވިއެވެ.

މަޖިލިސް އިންތިޚާބުގައި މިދާއިރާއަށް ވާދަކުރުމަށް ސައުދާގެ ޝަޢުޤުވެރިކަން ލިބުނު އެންމެ ބޮޑު އެއްކަމަކީ މިދާއިރާގެ ރައްޔިތުންނަކީ ތަޢުލީމީ އަދި ހޭލުންތެރި ބަޔަކަށްވުމެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފާރަވެރިވާ ބަޔެއްގެ އިތުރުން، މުޅި ޤައުމަށް ބޭނުންވާ އެކިއެކި ޤާނޫނުތައް ހަދައި، ޤާނޫނުތަކަށް އިސްލާހުތައް ގެންނަ ތަނަކަށްވާތީ އެކަމަށް ރައްޔިތުން އިންތިޚާބުކުރާ މެމްބަރަކަށް އެންމެ އެކަށީގެންވާ “އިންޕުޓެއް” ދެވޭނެ ރައްޔިތުން ތިބި އެއްދާއިރާއަކީ ނިލަންދޫދާއިރާކަން ފާހަގަކުރެވުނުކަމަށް ސައުދާ ހާމަކުރިއެވެ.

ދާއިރާގެ ދެރަށުންވެސް ފެންނަނީ ތަރައްޤީ ބޭނުންވެފައިވާ ރައްޔިތުންކަމަށާއި، ރައްޔިތުންނަށް ވެފައިވާ އިހުމާލުން އަރައިގަނެ، ދިގު މުއްދަތަކަށް ރައްޔިތުންނަށް ފައިދާވާނެ މަސައްކަތްތަކެއް ކޮށްދިނުމުގެ އުއްމީދުގައި، ނިލަންދޫ ދާއިރާ އިޚްތިޔާރު ކުރެއްވީކަމަށް ސައުދާ މަޢުލޫމާތު ދެއްވިއެވެ.

އަޅުގަނޑާއި ތިޔަ ރައްޔިތުން ގުޅުވައިދެނީ ތަރައްޤީގެ ފިކުރު” ސައުދާ

ރައްޔިތުންނަށް ދޭންބޭނުންވާ މެސެޖް:

ދާއިރާގެ ދެރަށުގައިވެސް ރައްޔިތުންނަށް ނަފާ ހޯދައިދެވޭނެ ގިނަކަންކަން އެބަހުރިކަން ފާހަގަކުރައްވަމުން ސައުދާ ވިދާޅުވީ ދާއިރާގައި އެއާޕޯޓެއް އެޅިއްޖެނަމަ، އެކަމުން ވަރަށް ގިނަ އައު ވަޒީފާތަކެއް އުފެދިގެންދާނެކަމަށެވެ. ދަރަނބޫދޫއަކީ ދަނޑުވެރިން ގިނަ ރަށެއްކަމުން ދަނޑުވެރިކަމަށް ބޭނުންވާ އެކިއެކި ސާމާނު ފަސޭހައިން ލުއިކޮށް ލިބޭނެ ގޮތެއް ފަހިކޮށްދީ، ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމައަގު ލިބޭނެ މާކެޓެއް ހޯދައި، އިތުރު ފުރުޞަތުތައް ހޯދުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، ދާއިރާއަށް ވެފައިވާ އިހުމާލު ތަކުރާރުވިޔަ ނުދޭނެކަމުގެ ޔަޤީންކަން ސައުދާ އެރުވިއެވެ. އަދި މަޖިލީހަށް އިންތިޚާބު ކޮށް ދެއްވައިފިނަމަ، ރައްޔިތުން ނާއުންމީދުވެ، މާޔޫސްވިޔަ ނުދެއްވާނެކަމަށާއި، އެންމެ ފުރިހަމަ މާނާއިގައި މިދާއިރާގެ ރައްޔިތުން މަޖިލީހުގައި ތަމްސީލްކޮށް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ޙިއްސާ ކުރައްވާ:

6 ކޮމެންޓްތައް

  1. މި ދާއިރާއަށް ކުރިމަތިލާ ސަބަބަކީ އެންމެ ފަސޭހައިން ހޮވޭނީ މިތަނަށޭ ހީވުން! އެކަން އެނގޭ ގޮތަކީ ދެން ލާން އުޅުނީ މ. މުލަކު ދާއިރާއާ، ތ. ގުރައިދޫ ދާެއިރާ! ހުސް ޕނސ ގެ ތާއީދު ބޮޑުވާނެ ކަމަށް ހީވާ ތަންތަން!

  2. މިތަނުން ފެހެން އުޅޭ! ތިޔަހެން އުޅެގެން ނިލަންދޫ ގޮނޑީގެ އިތުރުން ބިލެތްދޫ ދާއިރާގެ ގޮނޑިވެސް ޗަކޮއި މެންނަށް ގެއްލުން ނޫން ކަމެއް ނުވާނެ! އުނހު! އިތުރަށް މަގޫދޫއާ ނިލަންދޫގެ ޕީ އެން ސީ ފުނޑޭނެ!

  3. Saudhaayah.ithurukurierumaa.ithuru.kaamiyaabeeah.ethen.maasha.Allah.mikamanasyah.kurimagah.vaasil.vumuge.heyo.thaufeegu.minvarukurah.vavaashi.(Aameen).maruhabaa.saudhaa.vv.vedhun.

  4. މީހުނަށް ނިސްބަތްކޮށް ދިވެހިބަހުގައި “ފަރާތެކެވެ” ނުކިޔާނެ. ކިޔާނީ “މީހެކެވެ”. މާތްކޮށް ބުނާނަމަ، އަންހެނަކަށް ނިސްބަތްކޮށް ކިޔާނީ “ބޭކަނބަލެކެވެ” ނުވަތަ “ބޭފުޅެކެވެ”. ފިރިހެނަކަށް ނަމަ، “ބޭކަލެކެވެ” ނުވަތަ “ބޭފުޅެކެވެ”. ފިރިހެނަކަށް ނުވަތަ އަންހެނަކަށް ވިޔަސް، އެންމެ މާތްކޮށް ނިސްބަތްކުރާނަމަ ބުނާނީ “ބޭފުޅެކެވެ.”

    “ޔަޤީންކަން ސައުދާ އެރުވިއެވެ” ބުނީމައި، ސައުދާއަށްވުރެ މާތް އިއްޒަތްތެރިއަކަށް އެވަނީ، ސައުދާއާ އިންޓަވިއުކުރި މީހާ ނުވަތަ މި ރިޕޯޓު ލިޔުނު މީހާ. “ދިނުމުގެ” ބަދަލުގައި “އެރުވުން” ބޭނުންކުރާނީ، މީހަކު އޭނާއަށްވުރެ މަތީ މީހަކަށް ނުވަތަ އޭނާއަށްވުރެ އިއްޒަތްތެރިއަކަށް އެއްޗެއް ދިނުމަށް. ދޭ މީހާއަކީ ލިބިގަންނަ މީހާއަށްވުރެ އިއްޒަތްތެރިއެއް ނަމަ، ބުނާނީ “ދެއްވިއެވެ”. “ޔަޤީންކަން ސައުދާ ދެއްވިއެވެ” މިގޮތަށް.

ގުޅުންހުރި