ދަރަނބޫދޫ ރައްޔިތުންގެ ފަރާތުން މަގޫދޫއަށް ފަރިވަޅެއް އަރުވައިފި

ދަރަނބޫދޫ ރައްޔިތުންގެ ފަރާތުން މަގޫދޫއަށް ފަރިވަޅެއް އަރުވައިފި

32

ދަރަނބޫދޫ ރައްޔިތުންގެ ފަރާތުން މަގޫދޫއަށް ފަރިވަޅެއް އަރުވައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. މަގޫދޫގައި އެއަޕޯޓް ހެދުމަށް ބިންހިއްކުމުގެ މަސައްކަތް ފެށިފައިވާތީ، މަގޫދޫ ރައްޔިތުންނާއި ފ.އަތޮޅަށް ލިބުނު އުފަލުގައި ބައިވެރިވެ ދެރަށުގެ ޒަމާންވީ އެކުވެރިކަން ބަދަހިކުރުމަށް ދަރަނބޫދޫ ރައްޔިތުންގެ ފަރާތުން މަގޫދޫ ރައްޔިތުންނަް މިއަދު ފަރިވަޅެއް އަރުވައިފިއެވެ.

ދަރަނބޫދޫ ކައުންސިލްގެ އެދުމުގެ މަތީން މި ފަރިވަޅު ތައްޔާރުކުރުމުގައި ދަރަނބޫދޫ ރައްޔިތުން، ޚާއްސަކޮށް އަންހެން ކަނބަލުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވެއެވެ.

ފަރިވަޅު ތައްޔާރުކުރުމަށްފަހު، ދަރަނބޫދޫ ރައްޔިތުން މަގޫދޫއަށް ފުރާފައިވަނީ މިއަދު މެންދުރުފަހު 14:20 ކަންހާއިރުއެވެ. ދަރަނބޫދޫއިން ދިޔަ ދަތުރުގެ ބައިވެރިންނަށް މަގޫދޫ ބަނދަރުން މަރުހަބާ ދަންނަވާފައިވަނީ، މަގޫދޫ ކައުންސިލްގެ މުވައްޒަފުންނެވެ.

މިކަމާއި ގުޅިގެން މަގޫދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު މަންސައިގައި ދަރަނބޫދޫ ރައްޔިތުން ބަހައްޓަވާ ގާތްކަމާއި އަޚްވަންތަކަން ފާހަގަކޮށް، މަގޫދޫ ރައްޔިތުންނާއި އެރަށުގެ ކައުންސިލްގެ ނަމުގައި  ދަރަނބޫދޫ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި