މުޙައްމަދު އިބްރާހީމް ޕޮލިޓިކަލް ޑިރެކްޓަރަކަށް ބަދަލުކޮށްފި!

މުޙައްމަދު އިބްރާހީމް ޕޮލިޓިކަލް ޑިރެކްޓަރަކަށް ބަދަލުކޮށްފި!

5

މުޙައްމަދު އިބްރާހީމް ޕޮލިޓިކަލް ޑިރެކްޓަރަކަށް ބަދަލުކޮށްފި!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޔޫތު އެސޯސިއޭޓް މަޤާމުގައި ހުންނެވި ފ. ދަރަނބޫދޫ ނަލަހިޔާ، މުޙައްމަދު އިބްރާހީމް (ފުރެންކް) ޕޮލިޓިކަލް ޑިރެކްޓަރަކަށް ބަދަލު ކުރައްވައިފިއެވެ.

ދަނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޙައްމަދަށް މަޤާމާއި މުސާރައިގެ ކުރިއެރުން އައިސްފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އެހެން ނަމަވެސް އެކަން އާންމުކޮށް ރަށުތެރެއަށް އެނގިގެން ދިޔައީ އިއްޔެ ބޭއްވުނު ދަރަނބޫދޫ ކައުންސިލްގެ އާންމު އިވެންޓެއްގައި ލިބުނު މަޢުލޫމާތަކާއެކުގައެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވިނަމަވެސް، ޕޮލިޓިކަލް ޑިރެކްޓަރަކަށް ބަދަލުކުރުމާއެކު މަސައްކަތް ކުރާ ރަސްމީ އިދާރާއަކީ ދަރަނބޫދޫ ކައުންސިލްކަމަށް އެކައުންސިލްގެ އިސް މުވައްޒަފަކު ވަނީ ދަނިއުސްއަށް މަޢުލޫމާތު ދީފައެވެ.

ދަރަނބޫދޫ ކައުންސިލްގެ ރައީސްކަންވެސް އެއް ދައުރު ފުރިހަމަކުރުމަށްފަހު، ފެނަކަ ދަރަނބޫދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުކަމާއި އެ ބްރާންޗުގެ ސްޓޭޝަން މެނޭޖަރުކަންވެސް އަދާ ކުރައްވާފައިވާ މުޙައްމަދު އިބްރާހީމަކީ ދަރަނބޫދޫގައި ސިޔާސީ ނުފޫޒު ގަދަ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި