ފެނަކަ ދަރަނބޫދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރަކަށް ރަޖޫ!

ފެނަކަ ދަރަނބޫދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރަކަށް ރަޖޫ!

04

ފެނަކަ ދަރަނބޫދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރަކަށް ރަޖޫ!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފެނަކަ ފ. ދަރަނބޫދޫ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރުގެ މަޤާމަށް ފ. ދަރަނބޫދޫ ނޫހިރި، ރަޖުވާން މުޙައްމަދު ހަމަޖައްސައިފިއެވެ. ދަނިއުސްއަށް އެނގިފައިވާ ގޮތުގައި ރަޖުވާނަށް މިމަޤާމު ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރަޖުވާނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިންގައި ޕީއެންސީއަށް ކާމިޔާބު ހޯދުމަށް ވަރަށް ބޮޑަށް ކެމްޕެއިންގައި އުޅުއްވި ފަރާތެކެވެ. އެގޮތުން އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ ސަރުކާރާއި ދެކޮޅަށް މުޢިއްޒު ހޮވުމަށް މީސްމީޑިއާ މަންސަތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރުކަމަށް ރަޖުވާން ހަމަޖައްސާފައި މިވަނީ އެމަޤާމުގައި އެންމެފަހުން ހުރި އިނާޝާ އިސްމާއިލް މިދިޔަ ފެބްރުވަރީ މަހު އިސްތިއުފާ ދީފައިވަނިކޮށެވެ. އިނާޝާ އިސްތިއުފާ ދީފައިވަނީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް ވާދަކުރުމަށެވެ.

ފެނަކައަކީ މިވަގުތު ދަރަނބޫދޫގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އޮފީހެވެ. ކަރަންޓްގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެ އޮފީހުގައި މިވަގުތުވެސް 30 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އާދެއެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި