މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ދަނިއުސް މީޑިއާއިން ފަށާފައިވާ ”ރަށުކުއިޒް 1447“ މުބާރާތުގެ ފަހު ބުރުގެ ސުވާލުތައް މިރޭ ފަށައިފިއެވެ.
މިއީ ދަރަނބޫދޫގެ ތާރީޚާއި ގުޅުންހުރި އަދި ދަރަނބޫދޫގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ތަފާތު ޙަރަކާތްތަކަށް ބިނާކޮށް ދަނިއުސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އޮންލައިން ކުއިޒް މުބާރާތެކެވެ. އާންމުކޮށް ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިހާތަކަށް 63 ފަރާތަކުން ބައިވެރި ވެފައިވެއެވެ.
މި މުބާރާތް ކުރިއަށް ގެންދެވެނީ ޖުމުލަ 40 ސުވާލުގެ މައްޗަށް ބިނާކޮށް ކޮންމެ ދުވަހަކުވެސް 1 ސުވާލު އާންމުކުރާ ގޮތަށެވެ. ކޮންމެ ބައިވެރިއަކަށްވެސް އޮންލައިންކޮށް 1 ޖަވާބު ހުށަހެޅޭއިރު، ރަނގަޅު ކޮންމެ ޖަވާބަކަށް 1 ޕޮއިންޓް ލިބޭނެއެވެ. އަދި ކޮންމެ 10 ސުވާލަކުން އެންމެ ގިނައިން ޕޮއިންޓް ހޯދާ ކޮންމެސް 1 ބައިވެރިއަކަށް އަގުހުރި އިނާމެއް ލިބޭ މި މުބާރާތުގެ ފަހު ބުރު މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފާހަގަ ކޮށްލެވޭނެ ކަމަކަށްވާނީ މިބުރުގެ 10 ސުވާލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިއަކަށް ލިބޭނީ ކޮން އިނާމެއްކަން ނޭނގުމެވެ.

ފަހުބުރުގެ އިނާމަކަށް ދަނިއުސްއިން ކަނޑައެޅީ ސަޕްރައިޒް އެކެވެ. އެހެންނަމަވެސް ކުރިން ބުރުތަކުގައި ލިބުނު އިނާމުތަކާއި ބަލާއިރު މިފަހަރު 1 އިނާމަށްވުރެ އިތުރަށްވެސް ލިބުމަކީ ގާތްކަމެކެވެ. މިއީ މިމުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ބޭނުމުގައި ނިންމާފައިވާ ގޮތެކެވެ.
މިބުރުގެ 10 ސުވާލަށްފަހު މިބުރާތުގެ 40 ސުވާލުން އެންމެ ގިނަ ރަނގަޅު ޖަވާބު ދިމާކުރެއްވި ފަރާތަށްދޭ ގްރޭންޑް ޕައިޒްވެސް ވާދަކުރުމުގެ ފުރުސަތު އަދި އެބައޮތެވެ. ފަހު 10 ސުވާލުގެ ޕޮއިންޓް ޝީޓު އާންމު ކުރަމުންދާއިރު، ގްރޭންޑް ޕްރައިޒްއަށްވެސް ވާދަކުރާ ފަރާތްތައް އާންމުކޮށް ފެންނަން ހުންނާނެއެވެ.
ދަނިއުސް ރަށުކުއިޒް 1447 ވަނަ މުބާރާތް ކުރިއަށްދަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރަމެވެ. އެގޮތުން ކެފޭ76، މިލްޝާ މޯލްޑިވްސް، ރަޙްމަތުﷲ، އެޑްވިން، ވިލާއެޑަމް، 3 ޔަން މާޓް، ޓްރިޕްލް، އުމަސް، އޭޒެޑް މެނޭޖަރ އަދި ޚައިރު ފައުންޑޭޝަންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން އުފަލާއެކު ފާހަގަކުރަމެވެ.