ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

549959709 1186371726861396 6054008316397638541 n

ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ދަރަނބޫދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައި ދެއްވައިފިއެވެ.

ބީއެމްއެލްގެ ޚިދުމަތް ރައީސް ފަށްޓަވައި ދެއްވީ އެމަނިކުފާނު މިއަދު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ. ދަރަނބޫދޫގައި އޭޓީއެމް ބަހައްޓާފައި ހުންނަނީ ދަރަނބޫދޫ ކައުންސިލްގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ހުސްބިމުގައެވެ.

މި އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތްތައްވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ލިބޭގޮތް ހެދުމަކީ މިސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމެކެވެ. މިއީ އިޤްތިޞާދީ ވުޒާރާއިން ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، ރައީސްގެ މިދަތުރުފުޅުގައި އިއްޔެވަނީ ބިލެތްދޫއާއި ފީއަލީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވާފައެވެ. އަދި މިއަދުގެ ވަގުތެއްގައި މަގޫދޫގައިވެސް އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމަށް ނިންމާފައިވާއިރު، އެއާއެކު ފ.އަތޮޅުގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމް ކުރެވިގެންދާނެއެވެ.

ބީއެމްއެލް އިން ލިބެންހުރި މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ އޭޓީއެމް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ. އަދި މިއަދު ހުޅުވޭ މަގޫދޫ އޭޓީއެމްއާއެކު 13 އަތޮޅެއްގެ ހުރިހާ ރަށެއްގައި މިޚިދުމަތް ޤާއިމްކުރެވިގެންދާނެއެވެ.

ދަރަނބޫދޫއަކީ މިހާރު ނަގުދު ފައިސާއަށްވުރެ ބޮޑަށް އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތައް ކުރަމުން އަންނަ ރަށެއްކަމުގައި ފާހަގަކުރެވެއެވެ. އެގޮތުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންވެސް ފައިސާގެ ގިނަ މުޢާމަލާތްތަކެއް އޮންލައިންކޮށް ކުރަމުން އާދެއެވެ. އެހެންނަމަވެސް އޭޓީއެމްގެ ޚިދުމަތާއެކު ފެރީގެ ޚިދުމަތަށް އެދުމަށާއި، ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށާއި، އަދި އިދާރާތަކުން ފައިސާގެ ކަންކަން ބެލެހެއްޓުމުގައި ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައްޔިތުން ފާޅުކޮށްފައިވާ ޝުޢޫރުތަކުން ހާމަވެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި