ރައީސް ޑރ. މުޢިއްޒަށް ދަރަނބޫދޫއިން ހޫނު މަރުޙަބާއެއް!

ރައީސް ޑރ. މުޢިއްޒަށް ދަރަނބޫދޫއިން ހޫނު މަރުޙަބާއެއް!

Big ndbcl1ig3rpeymjazb1wkkrph

ރައީސް ޑރ. މުޢިއްޒަށް ދަރަނބޫދޫއިން ހޫނު މަރުޙަބާއެއް!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަރަނބޫދޫއަށް ވަޑައިގަތުމުން، އެމަނިކުފާނަށް ދަރަނބޫދޫ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސް މިއަދު ދަރަނބޫދޫއަށް ވަޑައިގެންނެވީ ހެނދުނު 9:00 ގައެވެ. މި ދަތުރުފުޅަކީ އެމަނިކުފާނު ވ،މ،ފ އަދި ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވިފަހުން، ދަރަނބޫދޫއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ސަރުކާރުން ދަރަނބޫދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކި ޕްރޮޖެކްޓްތަކުގެ ބިންގާ އަޅުއްވާ ދެއްވައި، ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މިދަތުރުފުޅުގައި، ސިއްހީމަރުކަޒަށް އިތުރުކުރެވޭ އާއިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވުމާއި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުޅުއްވާ ދެއްވުމާއި، ޔޫތު ސެންޓަރުގެ ބިންގާ އެޅުއްވުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅާއި ދިމާކޮށް ދަރަނބޫދޫގައި އައުޓްޑޯރ ޖިމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްތަކެއް ކުރެވި ބިންގާ އަޅުއްވާ ދެއްވާގޮތަށް ކުރިން ވާހަކަ ދެކެވުނުނަމަވެސް، އެކަން މިހާރު ޝެޑިއުލް ކުރެވިފައި ނެތްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

550404612 1186370036861565 7743852031011707128 n
ރައީސް ދަރަނބޫދޫއަށް ވަޑައިގަތުން | ފޮޓޯ: ރައީސް އޮފީސް

ދަރަނބޫދޫގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ބިންގާ އަޅުއްވާ ދެއްވުމަށްފަހު ދަރަނބޫދޫގެ މުވައްސަސާތަކުގެ އިސްވެރިންނާއެކު ރައީސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ދަރަނބޫދޫ ޕީއެންސީގެ ސްޓިއަރިންގ ކޮމެޓީއާ ބައްދަލު ކުރައްވާނެއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ.

ރައީސްގެ މިދަތުރުފުޅުގައި ދަރަނބޫދޫ ރައްޔިތުންނަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް ތާވަލު ކުރެވިފައިވެއެވެ. މި ބައްދަލުވުން ކުރިއަށްދާނީ ދަރަނބޫދޫ ސްކޫލުގައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި