ދަރަނބޫދޫގައި ބަހައްޓާ އޭޓީއެމް ރަށަށް ގެނެސްފި

ދަރަނބޫދޫގައި ބަހައްޓާ އޭޓީއެމް ރަށަށް ގެނެސްފި

542756473 1097317582587068 5585828327746687044 n

ދަރަނބޫދޫގައި ބަހައްޓާ އޭޓީއެމް ރަށަށް ގެނެސްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހިންގާ މަޝްރޫޢުގެ ދަށުން ދަރަނބޫދޫއަށް ބޭނުންވާ އޭޓީއެމް މެޝިން މިއަދު ގެނެސް އިންޓާލް ކުރުމުގެ މަސައްކަތް ކޮށްފިއެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އިންސްޓާލް ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު މި މަޝްރޫއުގެ ދަށުން އޭޓީއެމް މެޝިން ބަހައްޓާ ބިމުގެ ރޭނުމުގެ މަސައްކަތް މީގެ ކުރިން ވަނީ ނިންމާފައެވެ. ދަރަނބޫދޫގައި އޭޓީއެމް ބަހައްޓަނީ ކައުންސިލްގެ ކުރިމަތީގައި އާމަގުގެ ހަތަރު އަނގޮޅިއަށް ވާގޮތަށް އިންނަ ކަންމަތީގައެވެ.

ބޭންކުން ވަނީ ފ.އަތޮޅުގެ އެހެން ބައެއް ރަށްރަށަށްވެސް މިއަދު އޭޓީއެމްތައް ފޮނުވާފައެވެ. މިހާތަނަށް ފ.އަތޮޅުގައި އޭޓީއެމްއެއް ބަހައްޓާފައި ހުންނަނީ ބޭންކު ހުންނަ ނިލަންދޫގައި އެކަންޏެވެ. އެހެން ނަމަވެސް މި މަޝްރޫޢުގެ ދަށުން ފ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އޭޓީއެމް ބެހެއްޓުމަށްވަނީ ތައްޔާރުވެ ނިމިފައެވެ.

އޭޓީއެމްގެ ޚިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުމަށް ފެށި މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ”މަޝްރޫޢު ނިމުމާއެކު ކޮންމެ ދިވެއްސަކަށް އެމީހެއްގެ ރަށުން ބޭރަށް ދަތުރުކުރަން ނުޖެހި އަސާސީ ބޭންކިން ޚިދުމަތް ލިބޭނެކަން ކަށަވަރު ވެގެންދާނެކަމަށާއި، މީގެ ތެރޭގައި ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ކުރުމާއި ލޯނަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން ފަދަ މުހިންމު ޚިދުމަތްތައް ލިބިގެންދާނެ“ ކަމަށެވެ.

542134030 1097317665920393 2498361017414347159 n
ދަރަނބޫދޫގައި އޭޓީއެމް ބަހައްޓަނީ ކައުންސިލް ކުރިމަތީގައި އާމަގަށް ވާގޮތަށް: ފޮޓޯ-ކައުންސިލް

ދަރަނބޫދޫގައި މިއަދު އޭޓީއެމް އިންސްޓާލްކޮށް ނިމުމުން މި މަޝްރޫޢުގެ ދަށުން ދެން ކުރިއަށް ދާނީ އެތަނުގައި މުށިޖެހުމާއި ކުލަލުން ފަދަ ބައެއް މަސައްކަތްތަކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ފ.އަތޮޅަށް ދަތުރެއް ކުރުމަށް ނިންމާފައިވެއެވެ. އެހެންކަމުން މި ދަތުރުފުޅުގައި މި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވާނެކަމަށް ބެލެވެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި