އެޑްޖަމިއްޔާގެ އެހީތެރިކަމާއެކު މަސްކަނޑާ އަށި ހިޔާކޮށްފި

އެޑްޖަމިއްޔާގެ އެހީތެރިކަމާއެކު މަސްކަނޑާ އަށި ހިޔާކޮށްފި

Adddmas

އެޑްޖަމިއްޔާގެ އެހީތެރިކަމާއެކު މަސްކަނޑާ އަށި ހިޔާކޮށްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަރަނބޫދޫގެ ބަނދަރުގެ އިރުވައި ބެޑުގައި ހަދާފައިވާ މަސްކަނޑާ އަށި ދަރަނބޫދޫ ކައުންސިލާއި އެޑްޖަމްއިއްޔާ ގުޅިގެން ހިޔާކޮށް ނިންމާލައިފިއެވެ.

ދަރަނބޫދޫގެ ވަރަށް ގިނަބަޔަކު ޚިދުމަތް ހޯދާ މަސްކަނޑާ އަށި ހިޔާކުރުމުގެ މަސައްކަތް ފެށިފައިވަނީ މި އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. މި މަސައްކަތުގައި ދަރަނބޫދޫ ކައުންސިލްގެ ބައެއް މުވައްޒަފުންނާއި އެޑްޖަމްއިއްޔާގެ މެމްބަރުން ބައިވެރިވެ ލައްވާފައިވެއެވެ.

އެޑްޖަމްއިއްޔާއިން ތައްޔާރުކޮށްފައިވާ ކުރެހުމަކާއި އެއްގޮތަށް މިތަން ހިޔާކޮށް ނިންމާފައިވާއިރު ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެހެން ތަން ހިޔާކުރުމުގެ އިތުރުން، އަލިކަން ގެނެސް ދިނުމަށް އިތުރު ބޮކިތައްވެސް ވަނީ ހަރުކޮށްފައެވެ. އަދި މަސްކަނޑާ ވަގުތުތަކުގައި އެތަނަށް އެއްވާ ތަފާތު އެކި ވައްތަރުގެ މަސްތައް ބަލާލުމަށް ބެޑާއި ދިމާލުން މޫދަށް އަލިވާގޮތަށް އިތުރު ލައިޓެއް ހަރުކޮށްފައިވެއެވެ.

ދަރަނބޫދޫގެ ބަނދަރު މަތީގައި މީގެ ކުރިންވެސް މިފަދަ މަސްކަނޑާ އައްޓެއް ހަދައި އެތަނުގެ ބޭނުން ވަރަށް ގިނަ ރައްޔިތުން ކުރަމުން ދިޔައެވެ. އެހެންނަމަވެސް ބަނދަރު ބޮޑުކުރުމާއެކު އެ ސަރަޙައްދަށް ގެނައި ބަދަލާއެކު އޭރު ބޭނުންކުރަމުން ދިޔަ އަށި އެތަނުން ނަގަންޖެހުނެވެ.

Mnasss
މިހާރު ހަދާފައިވާ މަސްކަނޑާ އަށީގައި ބަޔަކު މަސްތަކެއް ކަނޑަނީ | ފޮޓޯ ދަނިއުސް

ބަނދަރުގެ މަސައްކަތް ނިންމިތާ ގާތްގަނޑަކަށް ދެއަހަރެއްހާ ފަހުން އައު އައްޓެއް ހަދަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅުގައެވެ. މިއީ ކުރިން ހުރި މަސްކަނޑާއަށްޓަށްވުރެ ބޮޑު އަދި ގިނަ މީހުންނަށް އެއްފަހަރާ ޚިދުމަތް ހޯދޭނެ ވަރަށް އަދި ކުރިއަށްވުރެ ރަނގަޅު ފެންވަރަކަށް ހަދާފައިވާ އައްޓެކެވެ. ދަރަނބޫދޫ ކައުންސިލުން ގާތްގަނޑަކަށް 30،000 ރުފިޔާއަށްވުރެ އިތުރަށް މި އަށި ހެދުމަށް ޚަރަދު ކޮށްފައިވާއިރު، ކައުންސިލާއި އެހެނިހެން މުވައްސަސާތަކުގެ މުވައްޒަފުންނާއި އޭރު ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގައި އުޅުނު އިންޑިއާގެ އެސްއެމްސީ ގްރޫޕްގެ މުވައްޒަފުން މިތަނުގެ މަސައްކަތުގައި އުޅެފައިވެއެވެ.

މި އަށީގެ މަސައްކަތް ނިންމައި، ރަސްމީކޮށް އާންމުންނަށް މިތަން ބޭނުންކުރެވޭ ގޮތަށް ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގެ ރޭގައެވެ. އެއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ދަރަނބޫދޫގެ މުވައްސަސާތަކުން ބައިވެރިވި މަސްރޭސް ނިންމި ގަޑިއާއި ދިމާކޮށް މި މަސްކަނޑާއަށި ހުޅުވާ ދެއްވާފައިވަނީ ދަރަނބޫދޫ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ މުޙައްމަދެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި