އެއަޕޯޓާއި ބެހޭގޮތުން ސަރުކާރުން ހަދަންއުޅޭ ގޮތެއް އަންގާލަދީ: މަގޫދޫ ކައުންސިލް

އެއަޕޯޓާއި ބެހޭގޮތުން ސަރުކާރުން ހަދަންއުޅޭ ގޮތެއް އަންގާލަދީ: މަގޫދޫ ކައުންސިލް

Abcaccfe F196 4156 98d8 Be12cdb8922e

އެއަޕޯޓާއި ބެހޭގޮތުން ސަރުކާރުން ހަދަންއުޅޭ ގޮތެއް އަންގާލަދީ: މަގޫދޫ ކައުންސިލް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ގާތްގަނޑަކަށް 75 އިންސައްތައަށްވުރެ ބޮޑުބައި ނިންމާފައިވާ ފ. މަގޫދޫ އެއާޕޯޓު ޕްރޮޖެކްޓަށް މިހާރު ވާންއުޅޭ ގޮތެއް ނޭނގޭތީ އެކަމާއި މަގޫދޫ ރައްޔިތުން މާޔޫސްވެފައިވާ ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވައިފިއެވެ. މަގޫދޫ ކައުންސިލުން މިފަދައިން ވާހަކަ ދައްކަވާފައިވަނީ އެއާޕޯޓް މަސައްކަތް މަޑުޖެހިފައިވަނިކޮށް އެތަނުގައި ބޭނުންކުރަމުންދާ ސާމާނު އެމްޓީސީސީ އިން އެރަށުން ބާލައިގެން ގެންދަން އުޅުމުން ރައްޔިތުން ނިކުމެ އިހުތިޖާދު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަގޫދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، އެރަށުގައި މަސައްކަތް ފަށާފައި ހުއްޓިއޮތް އެއަރޕޯޓް ޕްރޮޖެކްޓްގެ ބައެއް ސާމާނު ރަށުން ބޭލުމަށް އެމްޓީސީސީގެ ފަރާތުން އެރަށަށްވަނީ ބޯޓެއް ފޮނުވާފައެވެ. އަދި އެކަމާ ރައްޔިތުން ހިތްހަމަނުޖެހި ތަކެތި ރަށުން ބޭލުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމުން އެރަށަށް ފުލުހުންވެސް ފޮނުވާފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ފުލުހުންވެސް ތަކެތި ރަށުން ބޭލުމަށް ކައުންސިލްގެ އެއްބާރުލުމަށް އެދުމުން ކައުންސިލުން އެކަމުގައި އެއްބާރުލުން ދީގެން ރައްޔިތުންގެ މަސްލަހަތު ގެއްލޭނެކަމަށާއި، މިވަގުތައް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، މަގޫދޫ އެއާޕޯޓަށް ވާންއުޅޭ ގޮތެއް ރައްޔިތުންނަށް ސާފުކޮށް ދިނުންކަމަށް ކައުންސިލުން ބުނެއެވެ. އެކައުންސިލުން ބުނާގޮތުގައި އެއާޕޯޓް ޕްރޮޖެކްޓް ކުރިއަށް ދާނެކަމެއްވެސް، އެއްކޮށް ހުއްޓުނީކަމެއްވެސް ނުވަތަ އަލުން މަސައްކަތް ފަށާނެކަމެއްވެސް، ކައުންސިލަށް ކަމާއި ބެހޭ ފަރާތްތަކުން އަންގާފައިނުވާ ކަމަށާއި، އެރަށުގައި ތިބި އެމްޓީސީސީ މުވައްޒަފުންނަށްވެސް އެނގިފައި ނުވާކަމަށެވެ. އެކަމާއި ބެހޭގޮތުން ރައްޔިތުން ކައުންސިލާއި ބައްދަލުކޮށްފައި ވީނަމަވެސް ރައްޔިތުންނަށް ދޭންވީ ޖަވާބެއްވެސް ކައުންސިލަށް ނޭގޭއިރު، ރަށަށް އައިސް މިގޮތަށް ތަކެތި ގެންދަން އުޅުމުން ރައްޔިތުން އެކަމާއި ދެކޮޅަށް ތެދުވެ ބަސްބުނާނެކަމަށް ކައުންސިލުން ބުނެއެވެ.

މަގޫދޫ އެއާޕޯޓް މަސައްކަތަކީ މިދިޔަ ސަރުކާރުން 2023 ވަނަ އަހަރު ކުރީކޮޅު މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި އެއާޕޯޓް ތަރައްޤީ ކުރުމަށް އެރަށު ފަޅުންވަނީ 30 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި މި ޕްރޮޖެކްޓްގައި ހިމެނޭ ރަންވޭގެ ބޮޑުބަޔާއި ޓާމިނަލްގެ މަސައްކަތްތަކެއްވެސް ވަނީ ނިންމާފައެވެ.

ރީޖަނަލް އެއާޕޯޓްސްއާ ޙަވާލުކޮށްގެން ހިންގުމަށް ނިންމާފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ. އެންމެ ފުރަތަމަ 1200 މީޓަރުގެ ރަންވޭއެއް އަޅަން ނިންމި މިއެއާޕޯޓުގައި 1800 މީޓަރުގެ ރަންވޭއަކަށް ބަދަލުކޮށްފައިވާ މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން 231 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޙިއްސާ ކުރައްވާ:

ކޮމެންޓް

ގުޅުންހުރި