ކުޑަނިލަންދޫގައި ކުނިއަންދާ މައްސަލަ: ކަމާއިބެހޭ ފަރާތްތައް ހިމޭނުން؟

ކުޑަނިލަންދޫގައި ކުނިއަންދާ މައްސަލަ: ކަމާއިބެހޭ ފަރާތްތައް ހިމޭނުން؟

Kn

ކުޑަނިލަންދޫގައި ކުނިއަންދާ މައްސަލަ: ކަމާއިބެހޭ ފަރާތްތައް ހިމޭނުން؟

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. ނިލަންދޫގެ ރަސްމީ ބަނދަރު ކުރިމަތިން ފަޅުތެރޭގައި ހިއްކާފައި އޮންނަ ކުޑަނިލަންދޫގައި ކުނި އަންދާ މައްސަލައިގެ ކަންބޮޑުވުން އެރަށު ޒުވާނަކު ފާޅުކޮށްފިއެވެ. ކުޑަނިލަންދޫއަކީ ކުރިން ނިލަންދޫއާއި ވަކިން އޮންނަ ރަށެއް ނަމަވެސް މިހާރުއެއީ ނިލަންދޫ ފަސްގަނޑާ ގުޅުވާލާފައި އޮންނަ ކުޑަކުޑަ ރަށެކެވެ.

ކުނިއަންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެރަށު ޒުވާނަކުވަނީ ނިލަންދޫގެ ފޭސްބުކްގައި އެރަށުގެ ހާލަތު ފެންނަން ހުރި ވީޑިއޯއަކާއި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އެ ޒުވާނާވަނީ ސާފުވަޔާއި ރައްކާތެރި ބޯފެން އަދި ދެމެހެއްޓެނިވި މޫސުމަކީ އަންނަން އޮތް ޖީލުތަކަށް އެބައިމީހުންގެ ފުރިހަމަ ގާބިލިއްޔަތުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޙައްޤެއް ކަމަށެވެ.

ގޮނޑުދޮށުގައި ހުރިހާ ކުނި އަންދާލުމުން ރަށުތެރެއަށް ފެތުރެމުން އަންނަ ވިހަ ދުމާއި ދޭތެރޭ ސިއްޙީ އިދާރާތަކާއި، ކަމާއި ގުޅުންހުރި އެހެން އިދާރާތަކުގެ ޒިންމާ ކޮބައިތޯ؟ އެބައި މީހުންނަށް މި ވިހަ ދުން ނުފެންނަނީތޯ؟ ނިލަންދޫ ޒުވާނެއް!

މި ޕޯސްޓްގައި މިނިސްޓްރީ އޮފް ހެލްތާއި، އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި، ފ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ފ. ނިލަންދޫ ކައުންސިލްގެ އިދާރާއަށްވަނީ ޓެގްވެސް ކޮށްފައެވެ.

ކުނިއަންދާ މައްސައިގެ ޕޯސްޓް

ކުޑަނިލަންދޫގައި ކުނި އަންދަމުންދަނީ ކައުންސިލުން އެގޮތަށް އަންގާފައި އޮންނާތީކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ދަނިއުސްއަށް މަޢުލޫމާތު ދީފައިވެއެވެ. މިރަށުގައި ޖުމްލަކޮށް ހުރިހާ ބާވަތެއްގެ ކުނިގެންގޮސް އަންދަމުންދާއިރު އެރަށް އޮންނަ ސަރަޙައްދުގެ ގޮތުން ނުރައްކާތެރި ދުން ރަށުތެރެއަށް ފެތުރިގެން ދެއެވެ.

އެކިއެކި ބޭނުންތަކަށް ނިލަންދޫއަށް ޒިޔާރަތްކުރާ ދަތުރުވެރިންގެ ލޮލުގައިވެސް އެންމެ ފުރަތަމަ އަޅައިގަންނަނީ ކުނިބުނި ޖަމާކޮށް އަންދަމުންދާ މިރަށެވެ. މިއީ ފަތުރުވެރިންވެސް ޒިޔާރަތްކުރާ ނިލަންދޫގެ މަލަމަތިން ފެންނަ ހަޑި މަންޒަރެއްކަމަށްވެސް އެރަށު ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި