ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސިއްޙީމަރުކަޒުންވެސް ބައިވެރިވެއްޖެ

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސިއްޙީމަރުކަޒުންވެސް ބައިވެރިވެއްޖެ

444964639 774165901568906 70638336594286237 N

ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސިއްޙީމަރުކަޒުންވެސް ބައިވެރިވެއްޖެ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފަސް އަހަރުތެރޭ ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން އިޢުލާނު ކޮށްފައިވާ ޕްރޮގްރާމްގައި ދަރަނބޫދޫ ސިއްޙީމަރުކަޒާއި ފާމަސީގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމް ދަރަނބޫދޫގައި ފެށުމުގެ ގޮތުން މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ދަރަނބޫދޫ ކައުންސިލުންވަނީ އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. ދަރަނބޫދޫގައި ޤާއިމްކޮށްފައިވާ މުވައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ދަރަނބޫދޫ ކައުންސިލުންވަނީ ދަރަނބޫދޫގެ ކޮންމެ މުވައްސަސާއަކަށް ވަކި ބާވަތެއްގެ 50 ގަސް އިންދުމަށް ހަވާލު ކުރައްވާފައެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން ދަރަނބޫދޫގައި އިންދުމަށް ކަނޑައަޅާފައިވަނީ ފުނަ، މަދޮށި، ހިތި، މައްކާ ބަގީޗާ، ހަލަވެލި، ރުއް، ކަދުރު ރުއް، ދޮން ދޮނބުރުއް، ފެންފޯއް ރުކާއި ކިބި ގަހެވެ. މި ގަސްތައް ތަންތަނުން ހޯދުން ނުވަތަ މުޑުވައްކުރުން މުވައްސަސާތަކާއި ޙަވާލުކޮށްފައިވާއިރު، އެގަސްތައް އިންދަންވީ މަގުތަކާއި ތަންތަން ކައުންސިލުންވަނީ ކަނޑައަޅައި މުވައްސަސާތަކަށް އަންގާފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ދަރަނބޫދޫ ކައުންސިލް މުވައްޒަފުންވަނީ މީގެ ކުރިން ރަށުގެ އިޖްތިމާޢީ ބައެއް ސަރަޙައްދުތަކުގައި ބަނބުކެޔޮގަސް މުޑުވައްކޮށް އިންދާފައިކަމަށް މަޢުލޫމާތު ލިބެއެވެ. ދަރަނބޫދޫ ސިއްޙީމަރުކަޒުގެ އުތުރުން އޮންނަ ގާޒީ ހިނގުމުގައި ސިއްޙީމަރުކަޒާއި ފާމަސީގެ މުވައްޒަފުންވަނީ ހިތިގަސް އިންދަން ފަށާފައެވެ. އެގޮތުން އެ މަގުގެ ދެފަރާތުގައިވެސް ހިތިގަސް އިންދައި ފެންދީ ބެލެހެއްޓުމުގެ މަސައްކަތް މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

މުޅި ރާއްޖޭގައި ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފައްޓަވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިޢުލާނު ކުރެއްވީ މިދިޔަ އަހަރު ފަހުކޮޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއިގައި ކުރިއަށް ދިޔަ ކޮޕް28 ކޮންފަރެންސްގައެވެ.

 

ޙިއްސާ ކުރައްވާ:

ގުޅުންހުރި