ދަރަނބޫދޫއިން ފެނަކައަށް ދޫކުރި ބިން ކައުންސިލުން ބާޠިލްކޮށްފި

ދަރަނބޫދޫއިން ފެނަކައަށް ދޫކުރި ބިން ކައުންސިލުން ބާޠިލްކޮށްފި

4

ދަރަނބޫދޫއިން ފެނަކައަށް ދޫކުރި ބިން ކައުންސިލުން ބާޠިލްކޮށްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފެނަކަ ދަރަނބޫދޫ ބްރާންޗުގެ އޮފީސް އިމާރާތް އެޅުމަށް ދަރަނބޫދޫ ބަނދަރު ސަރަޙައްދުން އެ ކުންފުންޏަށް ދޫކޮށްފައިވާ ބިން ދަރަނބޫދޫ ކައުންސިލުން ބާޠިލް ކޮށްފިއެވެ.

ރަށްރަށުގެ ބަދަރު ސަރަޙައްދުގައި ފެނަކަ އޮފީސްތައް ޤާއިމްކުރުމަކީ ކުރީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އައިސްފައިވާ ކަމެކެވެ. އެގޮތުން އެސަރުކާރުގައި ފެނަކައިން އެކި ރަށްރަށުގެ ބަދަރު ސަރަޙައްދުގައި އޮފީސް އިމާރާތްތަކެއް ބިނާކޮށްފައިވެއެވެ.

ދަރަނބޫދޫ ކައުންސިލުން ފެނަކައަށް ބިން ދޫކުރިފަހުން، އެބިމުގެ ބޭނުން ނުކުރާތީ އެކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ކައުންސިލުންވަނީ އޭޕްރީލްމަހު ބައްދަލުވުމެއް ބާއްވާފައެވެ. މިއަހަރުގެ އޭޕްރީލް މަހު ބޭއްވުނު އެ ބައްދަލުވުމުގެ މަޢުލޫމާތު މިރޭ ކައުންސިލުން އާންމުކޮށްފައިވާއިރު، އޭގައި ބުނެފައިވަނީ އެބިމާއި ބެހޭގޮތުން ކައުންސިލުން ފެނަކައާ މަޝްވަރާކުރުމުން މިހާރު އެބިން ބޭނުން ނުވާކަމަށާއި އަދި މިހާރު ބަނދަރު ސަރަޙައްދުގައި އޮފީސް ޢިމާރާތް ކުރުމަކީ ފެނަކައިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށް އަންގާފައިވާކަމަށެވެ. ފެނަކައިން އެގޮތަށް އަންގާފައިވުމާއި ގުޅިގެން އެ ބިން ބާޠިލްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެލެއްވި 4 މެމްބަރުންގެ އިއްތިފާޤުންނެވެ.

ފެނަކަ އޮފީސް އަޅާނެ ބިން ދޫކުރުމަށް ބޭއްވުނު ބައްދަލުވުން | ފޮޓޯ: : ދަނިއުސް

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ އޭޕްރީލްމަހު ފެނަކައިންވަނީ ދަރަނބޫދޫގެ ބަނދަރުން 70 ފޫޓު 70 ފޫޓުގެ ބިމެއް ހޯދުމަށް ކައުންސިލަށް ހުށަހަޅާފައެވެ. ރަށުގެ އެންމެ އަގުބޮޑު ބިންތަކުން ބިމެއް ފެނަކައަށް ހިލޭ ދޫކުރުމަށް ކައުންސިލުން ރައްޔިތުންގެ ޚިޔާލަކަށް އަހާފައިވަނީ އޭގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުން 2023 ފެބްރުވަރީ މަހުގެ 2 ވަނަ ދުވަހުގައި ދާރުލްޢުލޫމްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވިކްޓްރީ ހައުސް ގޯތީގެ ހުޅަނގުން ހުސްކޮށް އޮންނަ ބިމުން ފެނަކައަށް ބިން ދޫކުރުމަށް 20 ވޯޓުގެ އިއްތިފާޤުން ފާސްކުރެވުނުއިރު، ރަށުގެ ގިނަ ރައްޔިތުން އެބައްދަލުވުމުގައި ބައިވެރިވެފައި ނުވެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި