ހަދަނީ ދޮގު! އަޅުގަނޑަކަށް މުލިއާގެއަކުން ފައިސާއެއް ނުލިބޭ! މެމްބަރު ސައުދާ

ހަދަނީ ދޮގު! އަޅުގަނޑަކަށް މުލިއާގެއަކުން ފައިސާއެއް ނުލިބޭ! މެމްބަރު ސައުދާ

Sau3

ހަދަނީ ދޮގު! އަޅުގަނޑަކަށް މުލިއާގެއަކުން ފައިސާއެއް ނުލިބޭ! މެމްބަރު ސައުދާ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެއިން ޕީއެންސީގެ މެމްބަރުންނަށް 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ތުހުމަތަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން ޖައްސަން ދައްކާ ދޮގުވާހަކަ ތަކެއްކަމަށާއި އެކަން ގަބޫލުކުރާނެ ރައްޔިތުން ނޫޅޭކަމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާ ހާމަކުރައްވައިފިއެވެ.

ސައުދާ މިފަދައިން ހާމަކުރައްވާފައިވަނީ ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން 50،000ރ. ދޭކަމުގެ އަޑުތަކެއް” މި ސުރުޚީގެ ދަށުން “ދައުރު” ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓަކާއެކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މިވާހަކަ ތަކާއި ގުޅިގެން މެމްބަރު ސައުދާ ހާމަކުރެއްވި ގޮތުގައި އެފަދަ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތުންނެއް ނޫޅޭކަމަށާއި ހަމަގައިމުވެސް އެކަމަނާއަށް މުލިއާގެއަކުން 50،000ރ އެއް ދުވަހަކުވެސް ނުލިބޭކަމަށެވެ.

ދައުރު ނޫހުގައި ހާމަކޮށްފައިމިވާ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވަނީ ދޮގު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ 75 މެމްބަރުން ތިއްބަވައެވެ. އެހެންކަމުން ކުރެވެމުންދާ ތުހުމަތުތަކާއެއްގޮތަށް މެމްބަރަކަށް 50،000 ރުފިޔާ ދެމުންދާނަމަ އެއީ 3.7 މިލިއަން ރުފިޔާއެވެ. ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިދިޔަ ބުދަދުވަހު ފައްޔާޒު ވިދާޅުވީ އެއަދަދަށް ފައިސާ ދެމުންދާކަމަށާއި ޕީއެންސީ މެމްބަރުން ވަކިގޮތަކަށް ބޭތިއްބުމަށް ރައީސް މުޢިއްޒުގެ ފަރާތުން ކޮންމެ މަހަކުވެސް މެމްބަރުންނަށް ފައިސާ ދެމުންދާކަމަށެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި