ސްޕޯޓްސް މިނިސްޓްރީގެ ޕީޑީއަކަށް ސާޖިދު ހަމަޖައްސައިފި

ސްޕޯޓްސް މިނިސްޓްރީގެ ޕީޑީއަކަށް ސާޖިދު ހަމަޖައްސައިފި

Sajid

ސްޕޯޓްސް މިނިސްޓްރީގެ ޕީޑީއަކަށް ސާޖިދު ހަމަޖައްސައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމަށް ފ. ދަރަނބޫދޫ އަސުރުމާގެ، ސާޖިދު އަޙްމަދު އިބްރާހީމް އައްޔަނު ކުރައްވައިފިއެވެ. ސާޖިދުއަށް މި މަޤާމު ހަމަޖެހުނުކަން އަންގަވާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މި މަޤާމަށް ސާޖިދު ހަމަޖެހުނު އިރު، އޭނާ ވަޒީފާ އަދާކުރައްވަމުން ގެންދެވީ ފ. ދަރަނބޫދޫ ސިއްޙީމަރުކަޒުގައި އެސިސްޓެންޓް ކަސްޓަމަރ ސާވިސް އޮފިސަރެއްގެ މަޤާމުގައެވެ. ސާޖިދުވަނީ 2019 ވަނަ އަހަރުން ފެށިގެން ސިވިލްސާވިސްގައި ޚިދުމަތް ކުރައްވާފައެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ މަޤާމަކަށް ޢައްޔަން ކުރައްވާފައިވާ ސާޖިދަކީ ކުޅިވަރުގައި ފާހަގަ ކޮށްލެވޭ ޝަޚުސިއްޔަތެކެވެ. ޚާއްސަކޮށް ފުޓުބޯޅައިގައި ސާޖިދަކީ ދަރަނބޫދޫގެ “ކިންގް”އެވެ. ސާޖިދުވަނީ ދަރަނބޫދޫގައި ބޭއްވުނު ގިނަ މުބާރާތްތަކެއްގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އެކިއެކި މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޚާއްސަ ވަނަތަކެއްވެސް ހޯދާފައެވެ. މީގެ އިތުރުން އަތޮޅު ފެންވަރުގައި ބޭއްވުނު ގިނަ މުބާރާތްތަކެއްގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއަކީ ސާޖިދުކަމަށް ދެބަސްވާނެ ފަރާތެއް ނުހުންނާނެއެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދެވޭ ބާރުގެ ދަށުން ޢައްޔަން ކުރައްވާ ސިޔާސީ މަޤާމުތަކުގެ ތެރެއިން ޕޮލިސީ ލެވެލްގައި ދަރަނބޫދޫ އަށް ނިސްބަތްވާ ފަރާތަކަށް މަޤާމެއް ހަމަޖެހުނު މިއީ ފުރަތަމަ ފަހަރެވެ. ސާޖިދުގެ މި ކާމިޔާބީއާއި ގުޅިގެން އެކިއެކި ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި މަރުޙަބާ ދަންނަވަމުންނެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި