ފ. ޕޮލިސްކުލަބުން އިންތިޒާމްކޮށްގެން މިހާރު ނިލަންދޫގައި ކުރިއަށްގެންދާ ފ.ޕޮލިސް އަވަށްޓެރި ފުލުހުންގެ ހޭންޑްބޯޅަ މުބާރާތް 2023ގެ ފައިނަލްމެޗް މިއަދު ހަވީރު އޮންނާނެއެވެ. ފައިނަލްގައި ބައްދަލުކުރާނީ ނިލަންދޫއާއި ދަރަނބޫދޫއެވެ.
ނިލަންދޫ މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެން ލީގްބުރުގެ 1ވަނަ ޓީމުގެ ގޮތުގައެވެ. އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ބިލެއްދޫ ޓީމް އަތުން މޮޅުވީ 25 – 12 އިންނެވެ. ދެވަނަ މެޗްގައި ދަރަނބޫދޫ ޓީމް އަތުން މޮޅުވީ 9، 8 އިންނެވެ.
ދަރަނބޫދޫ ފައިނަލަށް ދިއައީ ލީގްބުރުގެ 2ވަނަ ޓީމްގެ ގޮތުގައެވެ. އެޓީމަށް 3 ޕޮއިންޓް ލިބިފައިވަނީ ފަހުމެޗްގައި ބިލެއްދޫއާއި ބައްދަލުކޮށް 11، 7 އިން މެޗް ކާމިޔާބުކޮށްގެނެވެ.
މިމުބާރާތަކީ އަތޮޅުފެންވަރުގައި އާންމުންނަށް ހުޅުވާލައިގެން ފ އަތޮޅުގައިބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ. މުބާރާތުގެ މެއިން ސްޕުންސަރަކީ ފ. ބިލެއްދޫ ކައުންސިލެވެ. މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދޭ އިތުރުފަރާތްތަކުގެ ތެރޭގައި ފ ނިލަންދޫ ކައުންސިލް، ބޭންކް އޮފް މޯލްޑިވްސް، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮނެޓީ، ފ އަތޮޅު ކައުންސިލް، އެސްޖެހި ސްޓޯރ، ޑެން ވޯރކްސް، ރިއަލް ޖަރޒީ، ރައްވެހި ޗެލެންޖް އަދި ޖޭ ފޯ، ފ ޕޮލިސްކުލަބުން ފާހަގަކުރެއެވެ.
ފައިނަލްމެޗް ފޕޮލިސްކުލަބުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.