އިންޓަރ ސްކޫލު ފުޓްސަލް އަދި ހޭންޑްބޯލްގެ މީޑިއާ ޕާޓްނަރުކަން ދަނިއުސްއަށް!

އިންޓަރ ސްކޫލު ފުޓްސަލް އަދި ހޭންޑްބޯލްގެ މީޑިއާ ޕާޓްނަރުކަން ދަނިއުސްއަށް!

20

އިންޓަރ ސްކޫލު ފުޓްސަލް އަދި ހޭންޑްބޯލްގެ މީޑިއާ ޕާޓްނަރުކަން ދަނިއުސްއަށް!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ފ. އަތޮޅު ކައުންސިލުން އިސްނަގައި ފ.އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރުކަން “ދަނިއުސް” އަށް ލިބިއްޖެއެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފ. އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކުން މިމުބާރާތުގައިވަނީ ބައިވެރިވެފައެވެ. އިންޓަ ސްކޫލް ފުޓްސަލް މުބާރާތް ފިރިހެން ދަރިވަރުންނަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންހެން ދަރިވަރުންނަށް ކުރިއަށް ގެންދެވެނީ ހޭންޑްބޯލް މުބާރާތެކެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. މެޗްތައް ކުޅެން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ހަވީރު ކުޅެވޭނީ އަންހެން ދަރިވަރުންގެ ހޭންޑްބޯލް މެޗުތަކެވެ. ރޭގަނޑު ކުޅެން ހަމަޖެހިފައިވަނީ ފިރިހެން ދަރިވަރުންގެ ފުޓްސަލް މެޗުތަކެވެ.

މިމުބާރާތް ހޯސްޓްކުރުމަށް އެދި 2 ސްކޫލަކުން ޝަޢުޤުވެރިކަން ފާޅުކުރިއިރު، އޭގެތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅުއްވީ ބިލެތްދޫ ސްކޫލުންކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ. އެހެންކަމުން މުބާރާތުގެ އިންތިޒާމްގެ ކަންތައްތައް ކުރިއަށް ގެންދަވަނީ ބިލެތްދޫ ސްކޫލާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މިކަމުގައި ރަށްރަށުގެ ކައުންސިލްތަކުން އެއްބާރުލުން ލިބިގެންދާނެކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

މިއީ ރަސްމީ ފެންވަރުގައި ފ.އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގެ މެދުގައި ވާދަވެރިކޮށް ކުޅިވަރު މުބާރާތްތައް ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަތޮޅު ފެންވަރުގައި ސްކޫލުތަކުގެ ދަރިވަރުންނަށް ވާދަކޮށްލަން ލިބެނީ ޤުރުއާން މުބާރާތްތަކުގައެވެ. އެހެންނަމަވެސް، މިހާރުގެ ކައުންސިލުންވަނީ ސްކޫލުތަކުގެ ވާދަވެރިކަން އިތުރުކުރުމަށް ޤުރުއާން މުބާރާތްތަކުގެ އިތުރުން ކުޅިވަރު މުބާރާތަކާއި އަދަބީ މުބާރާތްތަކެއް ކުރިއަށް ގެންދެވުމަށް ނިންމާފައެވެ. މިކަމުގެ ސަބަބުން ސްކޫލުތަކުގައި ވާދަވެރިކަމުގެ ރޫހެއް އުފެދި ކުރިއަށް ދިއުމަށް ފަސޭހަ ވެގެންދާނެކަމަށް ސްކޫލުތަކުން މަޢުލޫމާތު ދެއްވިއެވެ.

އިންޓަރ ސްކޫލު ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރުކަން ދަނިއުސްއަށް ލިބިފައިވާއިރު، އަތޮޅު ކައުންސިލުން އެންމެ ފަހުން ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރުކަންވެސް ލިބިގެންދިޔައީ ދަނިއުސްއަށެވެ.

މިމުބާރާތުގައި ދަނިއުސްގެ މައިގަނޑު މަސައްކަތަކަށް ވެގެންދާނީ މެޗްތަކުގެ ލައިވް ކަވަރޭޖް ގެނެސް ދިނުމާއި، ފޮޓޯނެގުމާއި، މުބާރާތްތަކާއި ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި