ދެފަހަރަށް އިޢުލާނުކޮށްގެންވެސް ޑީޒެޑްސީއަށް ޝަޢުޤުވެރިކަމެއް ނުލިބުނު!

ދެފަހަރަށް އިޢުލާނުކޮށްގެންވެސް ޑީޒެޑްސީއަށް ޝަޢުޤުވެރިކަމެއް ނުލިބުނު!

320546054 695840755250552 4146702424651117038 N

ދެފަހަރަށް އިޢުލާނުކޮށްގެންވެސް ޑީޒެޑްސީއަށް ޝަޢުޤުވެރިކަމެއް ނުލިބުނު!

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަރަނބޫދޫ ޒުވާނުންގެ ކުލަބު (ޑީޒެޑްސީ) ގެ ހިންގާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލެވުނު ދެވަނަ ފުރުޞަތުގައިވެސް އެއްވެސް ފަރާތަކުން ކުރިމަތި ލާފައިނުވާކަމަށް އެކުލަބުން ހާމަކޮށްފިއެވެ.

ޑީޒެޑްސީއަށް ކުރިމަތިލުމަށް ހުޅުވާލެވުނު ދެވަނަ ފުރުޞަތު ހަމަވެފައިވަނީ ހުސްވި މަހުގެ 19 ވަނަ ދުވަހުގެ މެންދުރަށެވެ. ރައިސަކާއި ނައިބްރައީސެއްގެ އިތުރުން ހިންގާ ކޮމެޓީގެ 7 މެމްބަރުން އެކުލަބުން އިންތިޚާބު ކުރަންޖެހެއެވެ. ކުލަބުގެ 17 ވަނަ ދައުރުގެ މުއްދަތު ނިމިފައިވާތީ 18 ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް އެންމެ ފުރަތަމަ އިޢުލާނުކުރެވުނީ އޯގަސްޓް މަހުގެތެރޭގައެވެ.

ދަރަނބޫދޫ ޒުވާނުންގެ ކުލަބަކީ ދަރަނބޫދޫގެ އެންމެ ގިނަ ދުވަސްވީ ޖަމްޢިއްޔާއެވެ. އަދި އެއީ ދަރަނބޫދޫގެ ޖަމްޢިއްޔާތަކުގެ ތެރެއިން އާންމު މެމްބަރުން އެންމެ ގިނަ ޖަމްޢިއްޔާވެސް މެއެވެ. އެހެންނަމަވެސް، ޒުވާނުންނާއި އާންމު މެމްބަރުންގެ ޝައުޤުވެރިކަން ޖަމްޢިއްޔާގެ ހިންގުމަށް ނެތުމަކީ އެކުލަބުންވެސް ކަންބޮޑުވާ މައްސަލައެކެވެ.

ހިންގާ ކޮމެޓީއަށް ޝަޢުޤުވެރިވާނެ ފަރާތެއް ނެތުމުން ދެން އެކަމުގައި ޢަމަލުކުރާނެ ގޮތެއް ހޯދުމަށް މަޝްވަރާކުރެވެމުން އަންނަކަމަށް އެކުލަބުން ހާމަކުރެއްވިއެވެ. އަދި އެކަމަށް ގޮތެއް ހަމަޖެހުމުން ކުލަބުން އާންމު ކުރައްވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދަރަނބޫދޫ ޒުވާނުންގެ ކުލަބަކީ ވަރަށް ރަނގަޅަށް ޙަރަކާތްތެރިވަމުން އައިސް އެއްކޮށް މަޑުޖެހި ގިނަ ދުވަސްތަކެއް ވަންދެން ހުސްކަމެއްގެ ތެރޭގައި އޮއްވައި، ޒުވާނުންތަކެއްގެ އަމިއްލަ އިސްނެގުމަށް 2009 ވަނަ އަހަރު އިންތިޚާބެއް ބާއްވައި ކޮޅަށް ޖަހާފައިވާ ޖަމްޢިއްޔާއެކެވެ. އަދި އެއަހަރުން ފެށިގެން މެދުކެނޑުމެއްނެތި ވަރަށް ޙަރަކާތްތެރިކޮށް ކުރިއަށް ދިޔަ ޖަމްޢިއްޔާއެކެވެ.

ޖަމްޢިއްޔާގެ ޙަރަކާތްތައް މަޑުޖެހިގެން ދިޔައީ 2020 ވަނަ އަހަރުގެ ކޮވިޑް19 ގެ އާލަމީ ވަބާއާއި ގުޅިގެންނެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ދައުރަށްފަހު އެކުލަބުގެ ހިންގާ ކޮމެޓީއަށް ޝަޢުޤުވެރިކަން ފާޅުކުރާ ޒުވާނުންގެ ޢަދަދުވަނީ ބޮޑުތަނުން ދަށްވެފައިކަން ފާހަގަކުރެވެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި