ޓޮރޭޒް އިއްބެ އެމްޑީޕީއަށް

ޓޮރޭޒް އިއްބެ އެމްޑީޕީއަށް

Photo 2023 06 23 15 20 02

ޓޮރޭޒް އިއްބެ އެމްޑީޕީއަށް

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ޕީޕީއެމް ދަރަނބޫދޫ ޖަޒީރާ ގޮފީގެ އެކްޓިވިސްޓް އިބްރާހީމް ޢަބްދުއް ޝަކޫރު (ޓޮރޭޒް އިއްބެ) އެޕާޓީ ދޫކޮށް ވެރިކަންކުރާ އެމްޑީޕީ އާއި ގުޅިއްޖެއެވެ.

ޓޮރޭޒް އިއްބެ އެމްޑީޕީ އާއި ގުޅިފައިވަނީ މި ދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޓޮރޭޒް މިހާތަނަށް ސިޔާސީ ގޮތުން ފާހަގަ ކުރެވިފައިވަނީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިނާއި ޕީޕީއެމްގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައެވެ. އެގޮތުން އެޕާޓީއާއި ދަރަނބޫދޫ ޖަޒީރާ ގޮފިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ސިޔާސީ ޙަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ފާހަގަކުރެވެއެވެ.

އެމްޑީޕީއަށް ސޮއިކުރުމަށްފަހު ދަނިއުސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓޮރޭޒް އިއްބެ ބުނީ އެމްޑީޕީއަށް ސޮއި ކޮށްލައިގެން ނިންމާލަނީ ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ފިކުރު ދަރަނބޫދޫގައި އާލާކުރުމަށާއި އެމްޑީޕީ ކުރިއެރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ޔަޤީންކަމާއެކު ކުރަން ތައްޔާރަށް ހުރިކަމުގައެވެ. އަދި އެމްޑީޕީގައި މިވަގުތު ތިއްބެވި އިސްފަރާތްތަކާއެކު ސިޔާސީ ގޮތުން މަސައްކަތްތަކެއް ކޮށްލުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ހުރިކަމަށް ޓޮރޭޒް ހާމަކުރިއެވެ.

ޓޮރޭޒް އިއްބެ އެމްޑީޕީއަށް ސޮއިކުރުން

ފާއިތުވީ ދެތިން މަހު ދަރަނބޫދޫގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، ވެރިކަން ކުރަމުން އަންނަ އެމްޑީޕީއާއި ގިނަބަޔަކު ގުޅިފައިވެއެވެ. އަދި މިހާރު އަލަށް ރެޖިސްޓްރީ ކުރުމަށް މަސައްކަތްކުރަމުން އަންނަ “ދަ ޑިމޮކްރެޓްސް” އަށްވެސް ދަރަނބޫދޫގެ ޒުވާނުންތަކެއް ސޮއި ކޮށްފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

މައިގަނޑު ގޮތެއްގައި ދަރަނބޫދޫގެ ރައްޔިތުން ސިޔާސީގޮތުން ބެހިގެންވަނީ 3 ޕާޓީއަކަށެވެ. އެއީ ޢަދާލަތު ޕާޓީއާއި، ޕީޕީއެމް އަދި އެމްޑީޕީއަށެވެ. މީގެ އިތުރުން އެހެނިހެން ޕާޓީތަކަށް ނިސްބަތްވާ މަދު ޢަދަދެއްގެ މީހުން ދަރަނބޫގައި އެބަތިއްބެވެ.

ޓެގް:

ޙިއްސާ ކުރައްވާ:

ގުޅުންހުރި