ދަރަނބޫދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ދަރަނބޫދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

330885957 882485289540841 645769032764987030 N

ދަރަނބޫދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހު ކައުންސިލްތަކުން ބާއްވަންޖެހޭ އާންމު ބައްދަލުވުން 2023 ފެބްރުވަރީ 26 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ދަރަނބޫދޫ ކައުންސިލުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ދަރަނބޫދޫ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ދަރަނބޫދޫގެ ބިމުގެ ބަޖެޓާއި ބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމާއި، 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓްގެ މަޢުލޫމާތު ދިނުން މި ބައްދަލުވުމުގައި ކުރިއަށް ދާނެކަމަށެވެ. އޭގެ އިތުރުން ކައުންސިލުން މިއަހަރު ކުރިއަށް ރާވާފައިވާ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި ކައުންސިލްގެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ. އަދި ރަށުގައި ދަނޑުވެރިކަން ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް ދަނޑުބިން ދޫކުރުމާއިބެހޭގޮތުން މަޝްވަރާކުރުމަށްވަނީ އެޖެންޑާ ކުރެވިފައެވެ.

މިފަދަ ބައްދަލުވުންތައް ކުރީބައިގައި އިޢުލާނުކުރެވިގެން ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައްދަލުވުމުގެ ރަސްމީ އެޖެންޑާގައި ހުންނަ ކަންކަން ރައްޔިތުންނަށް ހާމަކުރުމެވެ. އަދި ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން އެކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސަވާ ދެއްވާފައިވާއިރު، އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަންކަމަށް ސުވާލު ތައްޔާރުކުރުމަށް އެކަށީގެންވާ ފުރުސަތު ރައްޔިތުންނަށް މިވަނީ ލިބިދީފައެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ބޭނުންތެރިކަމެކެވެ.

ދަރަނބޫދޫ ކައުންސިލުން ރައްޔިތުންނާއެކު ބާއްވާ މި ބައްދަލުވުން ކުރިއަށް ދާނީ ދާރުލް ޢުލޫމް ގައެވެ.

ޙިއްސާ ކުރައްވާ:

One Response

ގުޅުންހުރި