ދަރަނބޫދޫ ކައުންސިލްގެ ލޯގޯ އިފްތިތާޙު ކޮށްފި

ދަރަނބޫދޫ ކައުންސިލްގެ ލޯގޯ އިފްތިތާޙު ކޮށްފި

Cilogo

ދަރަނބޫދޫ ކައުންސިލްގެ ލޯގޯ އިފްތިތާޙު ކޮށްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަރަނބޫދޫ ކައުންސިލްގެ ރަސްމީ ލޯގޯ އިފްތިތާޙް ކޮށްފިއެވެ. މި ލޯގޯ އިފްތިތާޙް ކޮށްފައިވަނީ ކައުންސިލަށް 64 އަހަރު ފުރުމާއި ގުޅިގެން ރޭ ކައުންސިލް ގޯތީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ލޯގޯ ފަރުމާކޮށްފައިވަނީ ގްރެފިކް ޑިޒައިން ކުރުމުގައި ދަރަނބޫދޫގައި އެފަދަ ދެވަނައެއްނުވާ ޔާމިން މުޙައްމަދު (ޔާމިން ސަރ) އެވެ. ލޯގޯ އިފްތިތާޙްކުރުމަށް ރޭގެ ރަސްމިއްޔާތުގައި ލޯގޯއާއިގުޅޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފައިވާއިރު، މި ޕްރެސެންޓޭޝަންގައި ލޯގޯގެ ހުރިހައި ތަފްސީލެއް ވަރަށް ފުރިހަމައަށް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

މުޅި ލޯގޯގެ މައިގަނޑު ކޮންސެޕްޓް ވެލާއަކަށް ބިނާކޮށްފައިވާއިރު، ވެލައަކީ ރަށަށް ނިސްބަތްވާ ޚާއްސަ ސިފަތަކެއް ރަމްޒުކޮށްދޭ އެއްޗެކެވެ. ލޯގޯގައި ހިމެނޭ މި ވެލައަށް ފުރިހަމަކަން ގެނެސްދީފައިވަނީ އޭގެ ތޮށިގަނޑަށް ރަށުގެ ބައްޓަމުގެ އަސްލު ސިފަ ފަތެއްގެ ބައްޓަމަށް ގެނެސްގެންނެވެ. އެއީ ރަށުގެ ފެހިކަމާއި ހިތްގައިމުކަން ދައްކުވައި ދިނުމަށެވެ. ވެލާގެ ފިޔަ ތަކުގެ ގޮތުގައި ހިމަނާފައިވާ ބައްޓަން ގެނެސްފައިވަނީ “ދ” އަދި “ކ” ސިފަވާގޮތަށެވެ. މި ދެ އަކުރުން ރަމްޒުކޮށް ދީފައިވަނީ “ދަރަނބޫދޫ ކައުންސިލް”އެވެ. މި ދެ ބައްޓަމުން އިތުރު ދެކަމެއް ރަމްޒުކޮށްދީފައިވެއެވެ. އެއްކަމަކަށް “ދ” އިން ރަށުގެ ތާރީޚް ސިފަކުރުވުމަށް ރިޔަލެއްގެ ބައްޓަން ގެނެސްފައިވެއެވެ.

ރިޔަލަކީ ދަރަނބޫދޫގެ ނަން މަޝްހޫރު ވާހަކައެއް ކަމުގައިވާ “ޙައްޖު ދަތުރު”ގެ ބައްތެލީގެ ރިޔާ އަދި ދިގު ތާރީޚެއް އޮތް “ބަންގާޅު ދަތުރު” ގެ ރަމްޒުގޮތުގައި ސިފަކޮށްދީފައިވަނީ ފުރިހަމަކޮށެވެ. ރަށުގެ މާޙައުލާއި ރަށުގެ ތަބީޢަތް ރަމްޒުކުރުމަށް “ކ” ގެ ބައްޓަން ގެނެސްފައިވަނީ ބިޔަ ރާޅު ސިފަވާނެ ގޮތަށެވެ. ދަރަނބޫދޫއަކީ ބޮޑެތި ރާޅުއަރާ ރަށެކެވެ.

ލޯގޯގެ މައިގަނޑު ބައްޓަންތައްވަނީ ހުރިހާ ބައެއް ގުޅިލާމެހިފައިވާ ގޮތަށް ގެނެސް ވެލައެއްގެ ބައްޓަމަށް އެއްކޮށްފައެވެ. މިކަމުން ދައްކުވައިދީފައިވަނީ ދަރަނބޫދޫ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

ރޭ އިފްތިތާޙްކުރެވުނު މިލޯގޯއާއެކު ކައުންސިލްގައި ބޭނުންކުރާނެ ދިދައިގެ ޑިޒައިންވެސް ވަނީ ދައްކާލާފައެވެ. އަދި ކައުންސިލް މުވައްޒަފުން ބޭނުންކުރާނެ ޖާރޒީވެސް ދައްކާލާފައިވާއިރު މިތަކެތި ފަރުމާކޮށްފައިވަނީ ޤައުމީ ދިދައިގައި ހިމެނޭ ފެއްސާއި ރަތާއި ހުދުގެ އިތުރުން ޑަސްޓީ ގޯލްޑު ކުލަ ބޭނުންކޮށްގެނެވެ.

ކައުންސިލްގައި ރަސްމީކޮށް ބޭނުންކުރުމަށް އަދި ދަރަނބޫދޫ ރަމްޒުކުރުމަށް ޑިޒައިނަރު ވަރަށް ޗާލު ރީތި ކޮންސެޕްޓަކަށް ލޯގޯ ފަރުމާކޮށްފައިވާއިރު، މިއީ ތަޢުރީފް ޙައްޤު ފުރިހަމަ މަސައްކަތެކެވެ.މި ލޯގޯ ފަރުމާކުރުމަށް ދެފަހަރެއްގެ މަތީން އިޢުލާނުކުރެވުނު އިރު، ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ކައުންސިލުން ފާސްކުރާ ލޯގޯއަކަށް 5000ރ ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ނިންމާފައެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި