ވިޔަފާރިތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކޮށްދިނުމުގެ އިދާރީ ޚިދުމަތްތައް ދަނިއުސްއިން ފޯރުކޮށްދެނީ

ވިޔަފާރިތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކޮށްދިނުމުގެ އިދާރީ ޚިދުމަތްތައް ދަނިއުސްއިން ފޯރުކޮށްދެނީ

Agenda analysis business plan 990818

ވިޔަފާރިތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކޮށްދިނުމުގެ އިދާރީ ޚިދުމަތްތައް ދަނިއުސްއިން ފޯރުކޮށްދެނީ

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

އަމިއްލަ ފަރުދުންގެ ވިޔަފާރިއާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތައް ރަޖިސްޓްރީކުރުން ފަދަ ކަންކަމުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމުގެ ޚިދުމަތް ދަނިއުސް އިން ފޯރުކޮށްދޭން ފަށައިފިއެވެ.

ދަނިއުސްއަށް އާމްދަނީ ލިބޭގޮތަށް މި މަސައްކަތް ކުރުމުގެ ޚިދުމަތް ދިނުމަށް ދަނިއުސް އިން ނިންމި މައިގަނޑު ބޭނުމަކީ، މިފަދަ މަސައްކަތްތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމާއި، ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް ކޮށްދޭ ރަސްމީ ވިޔަފާރިއެއް ރަށުގައި ނެތުމުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދަރަނބޫދޫ އަކީ މިހާރުވެސް އާމްދަނީ ހޯދުމުގެ ގޮތުން ތަފާތު މަސައްކަތްތައްކުރާ ރައްޔިތުން އުޅޭ ރަށެކެވެ. އެގޮތުން ދަނޑުވެރިކަމުގެ މަސައްކަތްތަކާއި، ކާބޯތަކެތި ވިއްކުމުގެ މަސައްކަތްތަކާއި، ތަފާތު ބާވަތްތަކުގެ މަސްވެރިކަމާއި، އޮންލައިންކޮށް ތަކެތި ވިއްކުމާއި ވަޑާމާއި ރޭނުމުގެ މަސައްކަތްތައް ކުރާމީހުން އުޅޭކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ރަސްމީ ސިފައެއްގައި ރަޖިސްޓްރީކުރެވިގެން މި ޚިދުމަތް ދެމުން އަންނަނީ މަދުބައެކެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ދަނިއުސްގެ ސީނިއާ އެޑްމިން ޒުމީން ހާމަކުރެއްވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރުމަށް ވިސްނާ ވަރަށް ގިނަ ފަރާތްތައް އެބަތިއްބެވެ. ޒުމީން ފާހަގަކުރެއްވި މުހިންމު އަނެއް ނުކުތާއަކީ، އޮފީސްތަކުން ހުޅުވާލާ މަސައްކަތްކުރުމުގެ ފުރުސަތުތަކެވެ. އެގޮތުން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިއުލާނުތަކުގައިވެސް އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކަށް އިސްކަންދޭންޖެހޭކަން ފާހަގަކުރައްވަމުން ޒުމީން ހާމަކުރެއްވިގޮތުގައި، ރަށުގައި ކުރެވޭ މިފަދަ އިއުލާނުތަކަށް ރަށުގެ ބައެއް ޒުވާނުން ކުރިމަތިލަނީ އެހެން ރަށްރަށުގެ ވިޔަފާރިތައް ނުވަތަ ކުންފުނިތަކުގެ ނަމުގައެވެ. ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ރަޖިސްޓްރީކުރުމަކީ އެފަދަ ފަރާތްތަކަށް ލުއިކަމަކަށް ނުވެއެވެ. އެހެންކަމުން ދަނިއުސް އިން އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން މިފުރުސަތު ހުޅުވާލީއެވެ.

މި ޚިދުމަތުގެ ދަށުން ދަނިއުސްއިން މިވަގުތު ފޯރުކޮށްދެމުން ދާނީ ރަޖިސްޓްރޭޝަންގެ މަސައްކަތުގެ އިދާރީ އަދި ސަޕޯޓިންގ މަސައްކަތްތަކެވެ. އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކުންފުނިތައް ރަޖިސްޓްރީކުރުމަށް ލިޔުންތައް ފުރިހަމަކުރުމާއި، ރަޖިސްޓްރީ ކޮށްދިނުމާއި، ބޭންކް އެކައުންޓްތައް ހުޅުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ލޯގޯ، ދިދަ އަދި ބޭނުންވާ އެހެނިހެން ތައްގަނޑު/ސިއްކަތައް ޑިޒައިން ކޮށްދިނުމާއި މީސްމީޑިއާ އެކައުންޓްތައް ހަދައި ދިނުންފަދަ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ކުލަބް ޖަމިއްޔާތައް ރަޖިސްޓްރީކުރުމަށް ޤަވާއިދުތައް ތައްޔާރުކޮށްދިނުމާއި ރަޖިސްޓްރީކުރުމުގެ އެހެނިހެން އިދާރީ މަސައްކަތްތަކާއި ސަޕޯޓިންގ މަސައްކަތްތައް ފޯރުކޮށްދެވޭނެއެވެ. މި ފަދަ މަސައްކަތްތައް ކުރެވެމުންދާނީ ދެފަރާތުން ލިޔުމުން ފުރިހަމަކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ދަނިއުސްއިން މިއަދު ރަސްމީކޮށް ހުޅުވާލެވުނު މިފުރުސަތު ކޮންމެ ރަށެއްގެ ދިވެހިރައްޔިތަކަށްވެސް ބޭނުން ހިފިދާނެއެވެ. އެގޮތުން ޚިދުމަތަށް އެދި ލެއްވުމަށް ދަނިއުސްގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްލުމުން ދަނިއުސް ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ދަނިއުސްއަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާއާއި ޤާބިލްކަންހުރި ޓީމަކުން މަސައްކަތްކުރާ ރަޖިސްޓާރޑް ބްރޭންޑެކެވެ.

ޓެގް:

ޙިއްސާ ކުރައްވާ:

ގުޅުންހުރި