ދަނިއުސްއިން މަލްޓިކަލަރއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަނިއުސްއިން މަލްޓިކަލަރއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Multicolor

ދަނިއުސްއިން މަލްޓިކަލަރއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ދަނިއުސް އާއި މަލްޓިކަލަރ އާދެމެދު ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފ. ދަރަނބޫދޫ ބަގީޗާގެ އިބްރާހީމް ޢަބްދުއް ޝަކޫރުގެ ނަމުގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރާ “މަލްޓިކަލަރ” އާ ދެމެދު ދަނިއުސް އިން އެއްބަސްވުމެއް އެކުލަވާލާފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

މަލްޓިކަލަރ އަކީ ދަނޑުވެރިކަމުގެ އެކިއެކި ސާމާނާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އިތުރުން މަސްވެރިކަމަށް ބޭނުންވާ އެކިއެކި ސާމާނު ވިއްކުމަށް އުފައްދާ ވިޔަފާރިއެކެވެ. މިއީ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވިޔަފާރިއެކެވެ. މި ވިޔަފާރީގެ މަސައްކަތް ރަސްމީކޮށް ފެށިގެންދާނީ ވިޔަފާރީގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ނިމުމުންނެވެ.

އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތަކަކީ ކޮބާ؟

މި އެއްބަސްވުމުގެ ދަށުން ދަނިއުސް އިން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްގައި މަލްޓިކަލަރ ރަޖިސްޓްރީ ކުރުމާއި، ބޭންކް އެކައުންޓެއް ހުޅުވުމަށް ލިޔުންތައް ތައްޔާރުކޮށްދިނުމާއި، ވިޔަފާރީގެ ލޯގޯއަކާއި ތައްގަނޑުތައް ޑިޒައިންކޮށް ދިނުމާއި، ސޯސިއަލް މީޑިއާގެ އެކައުންޓްތައް ހަދައި އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގައި ދިނުމެވެ.

މީގެ އިތުރުން، މަލްޓިކަލަރ ވިޔަފާރީގެ ތެރެއިން ވިއްކާ ތަކެތީގެ ބާވަތްތަކުގެ ފޮޓޯނެގުމުގެ ޚިދުމަތާއި، އިޝްތިހާރު ހެދުން ފަދަ މަސައްކަތްތައް ކުރުމަށް މިއެއްބަސްވުމުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޓައިމްލައިނެއް ދަނިއުސް އިން ކަނޑައަޅާފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރުމާއެކު ދަނިއުސްއިން މިހާރުވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މަލްޓިކަލަރ ރަޖިސްޓްރީކޮށް ބޭންކް އެކައުންޓް ހުޅުވުމަށް އެހީތެރިކަން ފޯރުކޮށްދީ ނިންމާފައެވެ. އަދި މަލްޓިކަލަރ (multicolormv) ނަމުގައި ސޯސިއަލް މީޑިއާ އެކައުންޓްތައް އެކްޓިވޭޓްކުރުމުގެ މަރުޙަލާވެސް ވަނީ ނިމިފައެވެ. އެގޮތުން މަލްޓިކަލަރއެމްވީ ގެ ނަމުގައި ފޭސްބުކް، ޓްވިޓާރ، އިންސްޓަގްރާމްގެ އިތުރުން ޓިކްޓޮކް އެކައުންޓެއް މިހާރުވަނީ އެކްޓިވޭޓް ކުރެވިފައެވެ.

ދަނިއުސް އިން މަލްޓިކަލަރ އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ 2023 ޖަނަވަރީ 05 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގައި ދަނިއުސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ޒުމީނެވެ. މަލްޓިކަލަރގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ވިޔަފާރީގެ އޯނަރ އިބްރާހީމް ޢަބްދުއް ޝަކޫރެވެ.

މިއީ ދަނިއުސް މީޑިއާއެއްގެ ގޮތުގައި ރަޖިސްޓާރ ކުރެވުނު ފަހުން، ސްޕޮންސާރ އެއްގެ ގޮތުގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވުނު ފުރަތަމަ ފަހަރެވެ. މަލްޓިކަލަރ އާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނުވަހާސް ރުފިޔާގެ އާންމުދަނީއެއް ދަނިއުސްއަށް ލިބެއެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި