މަދިރި މަދުކުރުމަށް ކްލޮރިން އަޅައިފި

މަދިރި މަދުކުރުމަށް ކްލޮރިން އަޅައިފި

Cholorine1

މަދިރި މަދުކުރުމަށް ކްލޮރިން އަޅައިފި

ލިޔުން ކިޔާލެވޭނީ ގާތްގަޑަކަށް < 1 މިނިޓުން

ރަށުތެރޭގައި މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވަނިކޮށް ދަރަނބޫދޫ ކައުންސިލާއި ސިއްޙީމަރުކަޒު ގުޅިގެން މަދިރި އުފެދި އާލާވާގޮތަށް ރަށުތެރޭގައިހުރި ތަންތަނަށް މިއަދު ކްލޮރިން އަޅައިފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި ދެ މުވައްސަސާ ގުޅިގެންވަނީ ރަށުގެ ހުރިހައި ގޭގެއަށް ޒިޔާރަތްކޮށް އެގެތަކުގެ ހާލަތު ބަލާފައެވެ. އެގޮތުން މީހުން ދިރިއުޅޭ ގޯތިކާއި ފަޅުގޯތިތަކުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގާތުގައިވާ ދަނޑުބިންތަކާއި ސިނާއީ މަޝްރޫޢުތައް ފެށިފައިވާ ސައިޓްތަކުގައި ފެން ހަރުލާގޮތަށް ހުރި ތަންތަން ދެނެގަނެ އެތަންތަނަށް ކްލޮރިން އަޅާފައިވެއެވެ.

ނަރުދަމާ ސައިޓްގެ ވަޅަކަށް ކްލޮރިން އަޅަނީ

ކްލޮރިން އަޅާފައިވާ ގިނަ ތަންތަނުގައި ވަރަށް ބޮޑަށް މަދިރިފަނި އާލާވެފައިވާއިރު، ދާދި ފަހުން މި ދެ މުވައްސަސާ ގުޅިގެން ރަށުތެރެ ސާފުކުރުމާއި މަދިރިއަށް ފޮގްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެން ނަމަވެސް، މާގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް މަދިރީގެ އުނދަގޫ ބޮޑުވާން ފެށުމުން ގިނަ ދުވަސްތަކަކަށްފަހު ކްލޮރިން އެޅުމަށް މަސައްކަތް ފެށުނީއެވެ.

ކްލޮރިން އެޅުމުގެ މަސައްކަތް މިއަދު ނިންމާލާފާއިވާއިރު، ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި އަދިވެސް ރަށުތެރެއަށް ފޮގް ކުރުމުގެ މަސައްކަތް އަލުން ފަށާނެކަމަށް ދަރަނބޫދޫ ކައުންސިލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ދަރަނބޫދޫގައި ކުރިއަށް ގެންދެވޭ މަދިރި މަދުކުރުމުގެ ހަރަކާތްތަކަކީ އަބަަދުވެސް ރަށުގެ މުވައްސަސާތަކާއި ސްކޫލު ދަރިވަރުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިގެންދާ ހަރަކާތްތަކެކެވެ.

ޙިއްސާ ކުރައްވާ:

ގުޅުންހުރި