ކޮލަމް

ކާމިޔާބު ދަރިވަރަކަށްވުމަށް ޕްރޮފެސަރ އުގެއިލްގެ އިރުޝާދު

15895942 10154081046675636 5645853318161680769 o
Liyuntherikan
ID Card
އިޝްތިހާރު

އައު ދިރާސީ އަހަރަށް ސްކޫލްތައް ހުޅުވި ކިޔެވުން މިވަނީ ފެށިފައެވެ. އައު ދިރާސީ އަހަރަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނާއި ސްކޫލްތަކުން އައު އުންމީދުތަކެއް ކުރާނޭ މުނާސަބާއެކެވެ. އެކަން މުޖުތަމަޢު ބަލައިގަންނަ ކަމުގެ ހެއްކަކީ، ފާގަތި ދިރާސީ އަހަރަކަށް އެދި ކުރެވެމުންދިޔަ ހެޔޮ ދުޢާތަކެވެ. ފާޅުކުރެވެމުންދިޔަ ހެޔޮއެދުމުގެ ޝުޢޫރުތަކެވެ. ދެވެމުންދިޔަ ނަސޭޙަތާއި އިރުޝާދުގެ ބަސްތަކެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް އިރުޝާދަކީ ”ކާމިޔާބު ދަރިވަރަކަށް ވާނީ ކިހިނެއް؟“ ކަމާމެދު ޕްރެފެސަރ ޙަސަން އުގެއިލް، ފޭސްބުކްގައި ހިއްސާކުރެއްވި ކުރުނަމަވެސް، ބޭނުންތެރި އިރުޝާދުގެ ބަޔާނެވެ. ތިރީގައި ބަޔާންކުރެވިފައި އެވަނީ ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ޢަމަލު ކުރުމަށް ފްރޮފެސަރ އުގެއިލް ދެއްވާފައިވާ އިރުޝާދުގެ 3 ނުކުތާއެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

1- ތިމާ ކާމިޔާބު މީހަކަށް ވުމަކީ ކޮބައިކަން އަމިއްލައަށް ވިސްނާށެވެ. ކާމިޔާބު މީހެއްގެ ގޮތުގައި ތިމާގެ ކަންކަން ހުންނާނެގޮތް އަބަދުވެސް ތަސައްވަރުކުރާށެވެ. މުސްތަޤުބަލަށް ކުރެވޭ ތަސައްވަރުތަކަކީ ނަފްސުގެ އިތުބާތުބޮޑުވެ، ކަންކަމަށް ޝައުޤު އިތުރުވުމުގެ ވަޞީލަތެކެވެ.

  2ކިޔެވުމުގައި ރަނގަޅު އާދަތައް ގެންގުޅޭށެވެ. ރޭވުންތެރިކަމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ވަގުތަށް މަސައްކަތްތައް ނިންމަން ސަމާލުވާށެވެ.

  3- ޖިސްމާނީ އަދި ނަފްސާނީ ދުޅަހެއުކަމަށް ސަމާލުވާށެވެ. ނަފްސާނީ ދުޅަހެޔޮކަމަށް، ދުޅަހެޔޮ ހަށިގަނޑެއް ކޮންމެހެން ބޭނުމެވެ. ކެއިންބުއިމުގައި -ސިއްހަތަށް ސަމާލުވާށެވެ. އެކަށީގެންވާ ވަރަށް ކަސްރަތުކުރުމަށާއި ނިދުމަށް އާދަކުރާށެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (1)

  1. ނިޒާމު އޮތްގޮތުން ކުދިންނަށް ކާމިޔާބުގެ ގޮތުގައި ތަޞައްވަރު ކުރެވޭނީ ހަމައެކަނި ދުނިޔެވީ ޙަޔާތުގެ ކާމިޔާބީ.