އެހެނިހެން

ފިޒިކްސްއިން ’އޭ-ސްޓާ‘ އެއް ބޭނުންތަ؟ މިއޮތީ ކާމިޔާބީގެ ސިއްރު ފޯމިއުލާ!

1 ދުވަސް ކުރިން ފާޠިމަތު ޢަރޫޝާފާޠިމަތު ޢަރޫޝާ
Image 3f7f5ab4
ID Card
Liyuntherikan
އިޝްތިހާރު

އައި.ޖީ.ސީ.އެސް.އީ (IGCSE) އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުންގެ ތެރެއިން ގިނަ ކުދިންނަށް ފިޒިކްސް (Physics) އަކީ ބޯގޮވާ، އުނދަގޫ މާއްދާއަކަށް ވެދެއެވެ.

ނަމަވެސް، މިއީ އެއްގޮތަކަށްވެސް ބިރުގަންނަންޖެހޭ މާއްދާއެއް ނޫނެވެ. ދަރިވަރުންގެ މެދުގައި މަޤުބޫލު ފޭސްބުކް ޕޭޖެއް ކަމަށްވާ ”IGCSE Physics with Nadeem“ ގައި، ފިޒިކްސްއިން އެންމެ މަތީ ނަތީޖާ ނުވަތަ ”އޭ-ސްޓާ“ (A*) ހާޞިލުކުރަން ބޭނުންވާ ކުދިންނަށް ޚާއްޞަކޮށް، ރަންގަނޑެއް ފަދަ އަގުހުރި އުސޫލުތަކެއް ވަނީ ހިއްޞާކޮށްފައެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

އިމްތިޙާނާ ކުރިމަތިލާއިރު މި ޤަވާޢިދުތަކަށް ޢަމަލުކުރުން މުހިންމެވެ.

  • ފިޒިކްސްއަކީ ހިތުދަސްކުރާ މާއްދާއެއް ނޫން:

ފިޒިކްސްއިން މަތީ ނަތީޖާއެއް ހާޞިލުކުރުމުގެ އަސާސަކީ، ފިލާވަޅުތައް ކަނުބަންދެއްގައި ހިތުދަސްކުރުމުގެ ބަދަލުގައި، އޭގެ މައިގަނޑު ތިއަރީތައް އަމިއްލައަށް ވިސްނައި ދެނެގަތުމެވެ. ކަމެއް ހިނގާ ގޮތާއި އޭގެ ފަހަތުގައިވާ ސައިންޓިފިކް ސަބަބުތައް އަމިއްލައަށް ދެނެގަނެވުމުން، އިމްތިޙާނުގައި ކޮންމެ ފަދަ ސުވާލެއް އައި ނަމަވެސް ވަރަށް ފަސޭހައިން ޖަވާބުދެވޭނެއެވެ.

  • މަދުވެގެން 50 ޕާސްޓް ޕޭޕަރު ހަދާލާ!

އިމްތިޙާނަށް ތައްޔާރުވުމުގައި އެންމެ ބޮޑު އެހީއަކަށްވާނީ ވޭތުވެދިޔަ އަހަރުތަކުގެ އިމްތިހާނު ކަރުދާސްތައް (Past Papers) ހެދުމެވެ. މަދުވެގެން 45 އިން 50 އަކަށް ޕާސްޓް ޕޭޕަރު ފުރިހަމަކޮށްލުމުން، ސުވާލުތައް އަންނަ ގޮތްތަކަށް ލޯ ހޭނި، އިމްތިޙާނަށް އޮންނަ ބިރުވެރިކަން މުޅިން ފިލައިދާނެއެވެ.

  • ގަޑިއަށް ސަމާލުވޭ (ވަގުތު މެނޭޖްކުރުން)

ކަރުދާސް ހަދާއިރު ގިނަ ކުދިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވަގުތު ހުސްވުމެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް ކިޔަވަން ވަކި ވަގުތެއް ޚާއްޞަކޮށް، ޕާސްޓް ޕޭޕަރު ހަދާއިރު ގަޑި ބަލައިގެން، ގަޑިއަށް ނިންމަން ޕްރެކްޓިސް ކުރުން އާދައަކަށް ހަދާށެވެ.

  • ފޯމިއުލާތަކާއި ޞައްޚަ ޔުނިޓްތައް :(Units)

ހިސާބު ނަންބަރުތައް ހަދާއިރު ފޯމިއުލާތައް ރަނގަޅަށް ބޭނުންކުރުމަށް ސަމާލުވާންޖެހެއެވެ. އަދި އެންމެ މުހިންމު ކަމަކީ، ޖަވާބު ނެރުމަށްފަހު އޭގެ ފަހަތަށް ސައްހަ ޔުނިޓް ލިޔުމެވެ. ގިނަ ފަހަރަށް މާކްސް ކެނޑެނީ މި ކުޑަކުޑަ ޔުނިޓް ނުލިޔެވި ދިއުމުންނެވެ.

🌟 ދަރިވަރުންނަށް ރަންގަނޑެއް ފަދަ ނަސޭހަތެއް!

ކިޔެވުމުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކާ ހުރެ ދުވަހަކުވެސް އުންމީދު ކަނޑާނުލާށެވެ. ނޭނގޭ އެއްޗެއް އޮތްނަމަ ލަދުނުގަނެ، މުދައްރިސުންގެ އެހީތެރިކަން ހޯދާށެވެ. ހަނދާންކުރާށެވެ! ކޮންމެ ދުވަހަކު ތިބާ ކުރާ ކުޑަކުޑަ މަސައްކަތަކީ މާދަމާގެ ބޮޑު ކާމިޔާބީގެ ބިންގަލެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)

ޚިޔާލު ފާޅުކުރައްވާ