ވިޔަފާރި

ވެލާތިލަ ފިހާރައިން ކާޑު ވިއްކުން ހުއްޓާލަނީ

2 އަހަރު ކުރިން އަޙްމަދު ޒުމީނުއަޙްމަދު ޒުމީނު
Dhanes Image4
ID Card
Liyuntherikan
އިޝްތިހާރު

ދަރަނބޫދޫ ރައްޔިތުންނަށް ވަރަށް ގިނަ ދުވަސްވަންދެން ކާޑުގެ ބާވަތްތައް ވިއްކަމުން އައި ވެލާތިލަ ފިހާރައިން އެކަން ހުއްޓާލަން ނިންމާފައިވާކަން ދަރަނބޫދޫ ކައުންސިލަށް އަންގައިފިއެވެ.

ދަރަނބޫދޫ ކައުންސިލުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އެފިހާރައިން ވިއްކަމުންދާ ހަނޑޫ ހަކުރު އަދި ފުށް ވިއްކުން ހުއްޓާލުމަށް ނިންމާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

އިޝްތިހާރު ޖެއްސުމަށް ވަޓްސްއެޕް ކުރުމަށް
އެޑްވިން
އިޝްތިހާރު

ރަށުން ވިއްކަމުންދާ ކާޑުގެ ބާވަތްތަކަކީ އެސްޓީއޯ އިން ފޯރުކޮށްދޭ ބާވަތްތަކެކެވެ. މި ބާވާތްތައް ރަށްރަށުގަ ވިއްކެނީ އެސްޓީއޯއާއެކު ވެވޭ އެއްބަސްވުމެއްގެ ތެރެއިންނެވެ. ކައުންސިލުންވަނީ ކާޑުގެ ބާވަތްތައް ވިއްކުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެސްޓީއޯއާއި ގުޅުއްވައިގެން ކުރިއަށް ދިއުމަށް އެދިފައެވެ.

ވެލާތިލަ ފިހާރައަކީ ދަރަނބޫދޫގައި ހާޑްވެއާރއެއްގެ ގޮތުގައި ހިންގަމުން އައި ފިހާރައެކެވެ. ހާޑްވެއާގެ ބާވަތްތައް ގިނަ އަދަދަކަށް ކުރިން ވިއްކިނަމަވެސް، އެފިހާރައަށް އެބާވަތުގެ މުދާ އާންމުކޮށް ނުގެންނަތާ ވަރަށް ގިނަ ދުވަސްވަނީ ވެފައެވެ. އެ ފިހާރައިން އިތުރަށް ފޯރުކޮށްދޭ އެހެން ޚިދުމަތަކީ ގޭސް ވިއްކުމެވެ.

ވަރަށް ގިނަ ދުވަސް ވަންދެން ކާޑުގެ ބާވަތްތައް ވިއްކުމަށްފަހު އެކަން ހުއްޓާލަން ނިންމި ވަކި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ވިޔާފާރި ރަޖިސްޓަރ
އިޝްތިހާރު

ޚިޔާލުތައް (0)